ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޑެންގޫހުން ފެތުރުން އަނެއްކާވެސް އިތުރު ވެއްޖެ

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޑެންގޫހުން ފެތުރުން އަނެއްކާވެސް އިތުރު ވެއްޖެއެވެ.
ހެލްޕް ޕްރޮޓެކްޝަން އެޖެންސީން މީޑިއާއަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކުން ޑެންގޫގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހދ، ލ،އއ ގެ އިތުރުން މާލެ އަތޮޅުންނެވެ.
މިގިތުން ހދ. ކުޅުދުއްފުށިން 100 އަށްވުރެ ގިނަ ޑެންގޫ ކޭސް މިހާތަނަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ލ. އަތޮޮޅުން 62 ކޭސްް ރިޕޯޓު ކޮށްފައިވާއިރު، އއ، އަތޮޅުން 29 ކޭސް ރިޕޯޓުކޮށްްފައިވެއެވެ. އަދި މާލޭ ސަރަހައްދުން މާލެއިން، 24 ކޭސް ރިޕޯޓު ކޮށްފައިވާއިރު، ހުޅުމާލެއިން ވަނީ 38 ކޭސް ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ޑެންގޫހުން ފެތުރޭތީ ފެބުރުއަރީ މަހުގެ ތެރޭގައި ފ ފީއަލީ ސްކޫލުވެސް ބަންދު ކުރިއެވެ.
މި ދުވަސްވަރު ޑެންގޫ ހުން ގިނައަދަދަކަށް ފެތުރެނީ މޫސުމުގެ ގޮތުން އެ ބަލި ފަތުރާ އީޑީސް މަދިރި އާލާވާތީއެވެ. މިގޮތުން ފެން އުފެދޭ ތަންތަން ނައްތާލައި، މަދިރިން ސަލާމަތްވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މުޅި ރާއްޖެއިން މިހާތަަނަށް 1700 އަށްވުރެ ގިނަ ޑެންޑޫ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ