ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އިސް ނަގާ މަސައްކަތް ކުރުމުގެ ގާނޫނީ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝް (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑިޖޭއޭއިން މިހެން ބުނެފައިވަނީ ވަނީ ސުޕްރީމް ކޯޓުގެ އިސްނެންގެވުމާއެކު ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާޙްކުރުމުގެ މަގުޗާޓެއް އެކުލަވައިލާ އިފްތިތާޙުކޮށްފައި ވަނިކޮށެވެ.
ޑީޖޭއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަޙްމަދު މާޖިދު ވިދާޅުވީ އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެމަތީ ފަރާތަކީ ސުޕްރީމް ކޯޓުކަން ކަނޑައަޅާފައިވަނީ ޤާނޫނު އަސާސީގައި ކަމަށެވެ. އެހެން ކަމުން ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް އިސް ނެގުމުގެ ހުރިހާ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާޖިދު ވިދާޅުވީ ދިވެހި ރައްޔިތުން އުފައްދާފައިވާ ގާނޫނުން ސުޕްރީމް ކޯޓަށް ދެ ހައިސިއްޔަތެއް ލިބިދޭ ކަމަށެވެ. އެގޮތުން އަދުލްއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތުގެ އިތުރުން އެންމެމަތީ ކޯޓަކީ ސުޕްރީމް ކޯޓުކަން ކަނޑައަޅާފައި ވަނީ ޤާނުނޫގައި ކަމަށެވެ. އަދި އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުގެ އިރުޝާދާއި ނުލައި ޝަރުއީ ދާއިރާ އިސްލާޙު ކުރަން އުޅުމަކީ ދުސްތޫރު ދަންނަ ކަމެއް ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޑީޖޭއޭގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރު ވިދާޅުވީ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާޙްކުރުމަށް ސުޕްރީމް ކޯޓުން އެކުލަވާލި މަގު ޗާޓްގައި ހިމެނެނީ ސަރުކާރުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި އެގޮތުން ދައުލަތް ހިންގުމުގައި ތިން ބާރު ވަކިވަކިން އޮތް ނަމަވެސް އެ ތިން ބާރަކީ ވެސް އެކުއެކީގައި މަސައްކަތް ކުރަން ޖެހޭ ބާރުތަކެއްގެ ގޮތުގައި ނަޒީރު ސިފަ ކުރެއްވިއެވެ.
"ދައުލަތެއްގެ ތެރޭގައި މި ހިމެނޭ އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދީގެން އަޅުގަނޑުމެންގެ ކަންތައްތައް ރަނގަޅު ކުރެވޭނީ. އެއީ އަޅުގަނޑުމެން އެންމެން ވެސް މި ކުރަނީ އެއް މަސައްކަތެއް. އެއީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުން." ނަޒީރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު، ޑރ.އަޙްމަދު އަބްދުﷲ ދީދީ އިފްތިތާޙުކޮށްދެއްވި މަގު ޗާޓުގައި 20 ކަމެއް ވަނީ ހިމަނާފައެވެ.
ޝަރުއީ ދާއިރާ އިސްލާޙު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވޭ: ޑީޖޭއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ