ބިލު ނުދައްކައިގެން ތޮއްޑޫ މިސްކިތުން ކަރަންޓް ކަނޑާލައިފި

ކަރަންޓް ބިލު ނުދައްކައިގެން އއ. ތޮއްޑޫ މިސްކިތާއި މަގު ބައްތިތަކުން ކަރަންޓް ކަނޑާލައިފި އެވެ.
ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް މައުރޫފް އާދަމް މިއަދު ވިދާޅުވީ ބިލު ނުދައްކާތާ ދެ މަސްވެއްޖެ ކަމަށާއި ބިލު ނުދެއްކެނީ ފައިސާ ނުލިބިގެން ކަމަށެވެ.
"ފިނޭންސުން އަންގާފައި އެބަ އޮތް ދެ ދުވަހެއްގެ ތެރޭގައި ފައިސާ ހަމަޖެހޭނެ ކަމަށް،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިސްކިތާއި މަގު ބައްތިތަކުން ކަރަންޓް ކެނޑިފައި ހުންނަތާ ދެ ދުވަސްވެއްޖެ ކަމަށެވެ. ކަރަންޓް ބިލަށް އަރާފައިވަނީ ކިހާ ވަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ