ގައުމީ ޔުނިވާސިޓީގެ ސްޓޫޓެންޓް ޔޫނިއަންއިން އިންތިޒާމުކޮށްގެން ކުރިއަށްދާ ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި އެމްއެންޔޫ ބިޒްނަސް ސްކޫލް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ފައިނަލަށް ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ދަތުރުކުރީ، ސެމީގައި މިއަދު ފެކަލްޓީ އޮފް ސައިންސް އެންޑް ފެކަލްޓީ އޮފް އިންޖިނިއަރިންގް ޓެކްނޮލޮޖީއާ ބައްދަލުކުރި މެޗު، 19-18 އިން ކާމިޔާބުކޮށްގެންނެވެ.
އަދި އެމްއެންޔޫ ބިޒްނަސް ސްކޫލް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ، ފެކަލްޓީ އޮފް އާޓްސްއާ ބައްދަލުކުރި މެޗުން މޮޅުވެގެންނެވެ.
މުބާރާތުގެ ފައިނަލްގައި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި އެމްއެންޔޫ ބިޒްނަސް ސްކޫލް ބައްދަލުކުރަން ޖެހުނުއިރު، މި ދެ ޓީމަކީ މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލްގައި ވެސް ވާދަކުރި ދެ ޓީމެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެމްއެންޔޫ ބިޒްނަސް ސްކޫލެވެ.
މުބާރާތުގެ ފައިނަލް މެޗު މިއަދު އޮންނާނެއެވެ. މިއަދު ހަވީރު 4:30 ގައި ފަށާ ފައިނަލް މެޗު އޮންނާނީ، ސޯޝަލް ސެންޓަރު ބޭރު ކޯޓުގައެވެ.
ފެކަލްޓީ އޮފް ޝަރީއާ އެންޑޯ ލޯ އާއި އެމްއެންޔޫ ބިޒްނަސް ސްކޫލް ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ