ފުވައްމުލަކުން ކަރަންޓް ކެނޑިއްޖެ

ފުވައްމުލަކު ހުރިހާ ހިސާބަކުން ކަރަންޓް ކެނޑިއްޖެއެވެ.
އެ ރަށުން ކަރަންޓް ގެ ޚިދުމަތް މެދުކެނޑިފައި ވަނީ މިރޭ 12:35 ހާއިރުއެވެ.
މިކަމާއި ގުޅިގެން ފުވަށްމުލަކުން ވާހަކަދެއްކި މީހަކު ބުނީ، ރަށުން ކަރަންޓް ކެނޑުނީ އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އެހެން ނަމަވެސް 1:14 ހާއިރު ކަރަންޓްގެ ހިދުމަތް އެރަށަށް ވަނީ އަނބުރާ ލިބިފައެވެ.
މިކަމާއި ގުޅިގެން ފެނަކައިގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ