މިއަދު ހުޅުމާލޭގެ ބައެއް ސަރަހަށްދުތަކުން ކަރަންޓު ކެނޑިދާނެ

މިއަދު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް މިއަދު ހެނދުނު 9:00 އިން 12:00އަށް ހުޅުމާލެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށެވެ.
މި މަސައްކަތް ކުރިއަށްދާ ވަގުގުތަކުގައި ހުޅުމާލެ ރެޑްބުލްޕާކް ސަރަހައްދުން ޗަނބޭލީމަގު ގޯޅި، ނިރޮޅުމަގު، ކެލާމަގުގެ އިތުރުން، ކާނިމަގުން މިވަގުތުތަކުގައި ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ، މިގަޑިތަށް މިހެން ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދޭނެ ކަމަށެވެ.
އެހެންކަމުން، އާންމުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް، ސްޓެލްކޯ އިން ބުންޏެވެ.
ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށާއި، އެފަދަ މަސައްކަތް ކުރުމަށް ދޭތެރެ ދޭތެރެއިން ސްޓެލްކޯ އިން ކަރަންޓު ކަނޑައެވެ. އަދި އާންމުންނާ އެފަދަ މައުލޫމާތު ހިއްސާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ