އިސްރާއީލު ހެލްތު މިނިސްޓަރު، އާރިއޭ ދެރީގެ މައްޗަށް މިދިޔަ އަހަރު ޓެކްސްގެ މައްސަލައެއްގައި ހުކުމް ކުރެވުމާއި ގުޅިގެން، އޭނާ ކެބިނެޓުން ވަކިކުރުމަށް އިސްރާއީލު ސުޕްރީމް ކޯޓުން އެ ގައުމުގެ ބޮޑު ވަޒީރު، ބެންޖަމިން ނެޓަންޔާހޫއަށް އަމުރުކޮށްފިއެވެ.
އެގައުމުގެ ހައްދުފަހަނައެޅި، ކަނާތުފިޔައިގެ ޕާޓީއެއް ކަމަށްވާ ޝާސް ޕާޓީގެ އިސްވެރިޔާ ދެރީ، ހައި ކޯޓުގެ 11 ގާޟީން ތެރެއިން 10 ގާޟީންގެ އިއްތިފާގުން މިނިސްޓަރުކަމުން ވަކިކުރަންވަނީ ނިންމާފައެވެ. މިދިޔަ އަހަރު އޭނާ މައްޗަށް ޓެކްސްގެ ކުށްތައް ސާބިތުވެ ހުކުމް ކުރެވުނު ފަހުން، ހާއްސަ އެއްބަސްވުމެއްގެ ދަށުން އޭނާވަނީ ޕްރޮބޭޝަނަށްލާފައެވެ.
އިސްރާއީލް ޑިމޮކްރަސީ އިދާރާގެ އިސް ދާރިސެއްކަމަށްވާ ޑރ.އަމީރު ފުޗްސް ކޯޓުގެ ނިންމުމާއި ގުޅިގެން ވިދާޅުވީ، އެ އަމުރަށް ނެޓަންޔާހޫ ތަބާނުވުމަކީ ނާދިރުކަމެއްކަމަށާއި، އޭގެ ސަބަބަކީ އޭނާ އެ އަމުރަށް ނުކިޔަމަންތެރިވިއްޔާ އޭނާއަށް ކޯޓަށް އިހާނާތްތެރިވެވޭނެތީ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމަކަށް އިސްތިއުނާފް ކުރުމުގެ ފުރުސަތެއް ނުލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ.ފުޗްސް އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަށް ނެޓަންޔާހޫ ތަބާވިޔަސް، އޭނާގެ ފަރާތުން އެ ނިންމުމަށް އިޙްތިރާމެއް ނުލިބޭނެކަމަށެވެ. "ވުން އެންމެ ގާތް ގޮތަކީ، ދެރީ އަނބުރާ މިނިސްޓަރުކަމަށް އައްޔަން ކުރުމަށް މަގުފަހިކޮށްދޭނެ ގާނޫނެއް އެމީހުން (ނެޓަންޔާހޫ ފެކްޝަން) ހަދާ މާލަސްތަކެއްނުވެ އޭނާ އަނބުރާ މިނިސްޓަރުކަމަށް ގެންނާނީ،" ޑރ.ފުޗްސް ވިދާޅުވިއެވެ.
ކުރިން އިސްރާއީލުގެ ގާނޫނުގައި ވާގޮތުން ކުށެށް ސާބިތުވެ، ހުކުމެއް އިއްވާފައިއޮތް މީހެއް މިނިސްޓަރުކަމަކަށް އައްޔަނެއް ނުކުރެވޭނެއެވެ. ނަމަވެސް، ވެރިކަން ކުރާ ކޯލިޝަން އިތުރަށް ހަރުދަނާވެގެންދިޔަ ސަބަބެއްކަމަށް ބެލެވޭ ބަދަލެއްވަނީ މިދިޔަމަހު ގާނޫނަށް ގެނެސްފައެވެ. އެ ބަދަލަކީ، ދެރީ ފަދައިން ޕްރޮބޭޝަންގައި ހުރި މީހަކަށް މިނިސްޓަރުކަމަށް އައްޔަންކުރުން މަނާކުރާ ގާނޫނު، އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ބަދަލުކޮށް، އެފަދަ މީހަކުވެސް މިނިސްޓަރުކަމަށް އައްޔަންކުރެވޭނެގޮތަށް ބަދުލުކުރިކުރުމެވެ.
ނެޓަންޔާހޫ ކޯލިޝަންގެ މިނިސްޓަރެއް ކެބިނެޓުން ވަކިކުރަން އިސްރާއިލް ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ