ގައުމީ އެއާލައިން، މޯލްޑިވިއަނުން، ހާންއެއާ އާއި ގުޅިގެން ޕާޓްނާޝިޕެއް ގާއިމުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަނުން ކުރާ އުދުހުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރެވިގެންދާނެއެވެ.
މި އެއްބަސްވުމާއިއެކު، މޯލްޑިވިއަންއަކީ މިހާރު ދުނިޔޭގެ 350 އަށް ވުރެ ގިނަ އެއާލައިންތަކާއި ގުޅިގެން މަސައްކަތްކުރާ ހާންއެއާގެ ބޮޑު ނެޓްވޯކްގެ ބައެކެވެ.
މީގެއިތުރުން، މޯލްޑިވިއަނުން ކުރާ ދަތުރުތައް މިހާރު ހާންއެއާ ޓެކްނޮލޮޖީސްގެ އެކްސް 1 ކޯޑުގެ ދަށުން، ދުނިޔޭގެ އެންމެ ބޮޑެތި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (ޖީޑީއެސް) ތަކުގައި، މި އެއްބަސްވުމުގެ ދަށުން ލިބެން ހުންނާނެެއެވެ. އެގޮތުން، މިއާއިއެކު، ދުނިޔޭގެ 190 މާކެޓްގައި ހަރަކާތްތެރިވާ ޓްރެވަލް އޭޖެންޓުންނަށް، ސްޓޭންޑާޑް ޖީޑީއެސް މަރުހަލާ ބޭނުންކޮށްގެން، އިންސޮލްވެންސީ-ސޭފް އެޗްއާރު-169 ޓިކެޓްތައް ބުކްކުރުން މަގު ފަހިވެގެންދާނެއެވެ.
މިކަމާއި ގުޅިގެން މޯލްޑިވިއަން އިން ބުނިގޮތުގައި، މި ޕާޓްނާޝިޕްގެ ސަބަބުން، އެ އެއާލައިނުން ފުޅާދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަދި ރާއްޖެ ތެރޭގައި މޯލްޑިވިއަނުން ކުރާ ދަތުރުތަކަށް ޓިކެޓް ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބެން ދާނެކަމަށެވެ.
މީގެއިތުރުން، ހާންއެއާގެ ބޮޑު ވިއުގައިގެ ފައިދާ ނެގުމުގެ ފުރުސަތު ލިބި، ރާއްޖޭގެ ފަތުރުވެރިންގެ މާކެޓުގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ ރާއްޖެއަށް، ދަތުރުކުރުމަށް ފަސޭހަ ވެގެންދާނެއެވެ. އަދި އިތުބާރު ހުރި ގޮތްތައް ފޯރުކޮށްދިނުމަށްޓަކައި، މޯލްޑިވިއަނުން ދެމުންދާ ހާއްސަ އިސްކަން، ހާންއެއާ އާއިއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނިއެވެ.
މޯލްޑިވިއަނުން ދަނީ، ރާއްޖެ ތެރެ އަދި ރާއްޖެއިން ބޭރަށް ކުރާ އުދުހުންތައް ފުޅާކުރުމަށް އެކި މަސައްކަތް ކުރަމުންނެެެވެ.
މޯލްޑިވިއަނުން ދަނީ، އެ ކުންފުނީގެ ދަތުރުތައް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން އެ އެއާލައިންގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނެސްފައިވާއިރު، އިތުރު ވައިޑް ބޮޑީ މަތިންދާ ބޯޓުތަކެއް ގެނައުމުގެ މަސައްކަތް، އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަނުން، ހާން އެއާއާއި ގުޅިގެން ޕާޓްނާޝިޕެއް ގާއިމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ