"ޔާމީން ގެއަށް ބަދަލުކުރަން މަސައްކަތް ކުރެވޭނީ ބައްދަލުވުމުން"

މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓާ ގުޅޭ ގޮތެއް ނިންމަން ޖެހޭނެ ކަމަށާއި، އެކަން ކުރެވޭނީ ޔާމީނާ ވެސް މަޝްވަރާ ކޮށްގެން ކަމަށް ނަޝީދު ކުރިން ވިދާޅުވެފައިވެ އެވެ.
އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލަ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރެއްވުމުގެ މަސައްކަތް ދެން ކުރެއްވޭނީ އެމަނިކުފާނާ ބައްދަލުކުރެވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ގޮވާލެއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. ޝިޔާމް ވަނީ ޔާމީންގެ އިސްތިއުނާފް މައްސަލަ ލަސްވެގެން ދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ފެބްރުއަރީ މަހު އިސްތިއުނާފް ކުރި މައްސަލަ ކުރިއަށް ނުދާތީ މިއަދުވެސް ޕީޕީއެމްގެ ލީޑާޝިޕުން ހައިކޯޓަށް ވަޑައިގަތްކަން ވެސް ފާހަގަކުރެއްވި އެވެ.ޝިޔާމްގެ ވާހަކަފުޅު ނިންމަވާލެއްވުމުން ނަޝީދު ވިދާޅުވެފައި ވަނީ ޔާމީނާ ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް ކުރަން ހުރި މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ."އަޅުގަނޑު ވާނެ އިއްޔެގަ ރައީސް ޔާމީނާ ބައްދަލުކުރައްވަން ސިޓީއަކުން ދަންނަވާފަ. އަޅުގަނޑު މި އުންމީދުކުރަނީ ދެން އެކަން ހަމަޖެހިގެންދާނެ ކަމަށް. ދެން ބައްދަލުވީމަ އަޅުގަނޑު ދެކޭ ގޮތުގަ ގެއަށް އެނބުރި ވަޑައިގަތުމާ ގުޅޭ ގޮތުން ދެން އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތްތަކެއް ވެސް އިރާދަކުރެއްވިއްޔާ ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ މަޝްވަރާ ކުރެއްވުމަށް ނަޝީދު ވަނީ ޔާމީނާ ބައްދަލުކުރެއްވުމަށް މަޖިލީހުގެ އިދާރާ މެދުވެރިކޮށް ހޯމް މިނިސްޓްރީގައި އެދިވަޑައިގެންފަ އެވެ. ނަޝީދު އެދިވަޑައިގެންފައި ވަނީ މާފުށީ ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރެއްވުމަށެވެ.މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓާ ގުޅޭ ގޮތެއް ނިންމަން ޖެހޭނެ ކަމަށާއި، އެކަން ކުރެވޭނީ ޔާމީނާ ވެސް މަޝްވަރާ ކޮށްގެން ކަމަށް ނަޝީދު ކުރިން ވިދާޅުވެފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ