ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބޭރު މީހުންނަށް އާސަންދަ ދިނުމާ ގުޅޭގޮތުން ގަރާރެއް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނަށް އާސަންދައިގެ ހިދުމަތް ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގައިވާ ވިދާޅުވީ، ގާނޫނުއަސާސީއަށް ބަލާލާއިރު އިންތިޚާބުތަކުގައި ވާދަކުރުމާއި އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ފިޔަވައި ދިވެހީންނާ ދެމެދު އެއްވެސް ހައްގެއް ލިބިދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތްކަން ފާހަގަވާ ކަމަށެވެ.ދިވެހީންގެ ތެރެއިން ގިނަ މީހުން މިހާރު ވެސް ބިދޭސީންނާ ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަކަމާއި، އެ ކައިވެނިތަކަށް ދަރިން ލިބި، ބޮޑެތިވެފައިވާކަން ވެސް އެ ގަރާރުގައި ފާހަގަކުރައްވާފައިވެއެއެމީހުންނަކީ ދިވެއްސަކާ ކައިވެނިކޮށް ދަރިން ލިބި، ރާއްޖޭގައި ވަޒީފާ އަދާކޮށް މުޅި ދިރިއުޅުން މިތަނުގައި ހޭދަކޮށްފައިވާ ބަޔަކަށްވާއިރު، އެމީހުންނަށް އަޅާލައި ދައުލަތުގެ ފަރާތުން ލިބިދޭ ރައްކާތެރިކަން އެމީހުންނަށް ވެސް ހަމަހަމަކަމާއެކު ލިބިދިނުމަކީ މުހިންމު ކަމެއް ކަމަށް އެ ގަރާރުގައި ބަޔާން ކޮށްފައިވެ އެވެ.އެކަން އެހެން އޮތްއިރު، މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ ބަޔަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ދައުލަތުން ކަންތައްތަކެއް ކޮށްދެވިދާނެކަން ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ