ބާ ކައުންސިލަށް އެސްޖީއެއް ހޯދަނީ، މުސާރަ 40،500 ރުފިޔާ

ރާއްޖޭގެ ބާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަން އެ ކައުންސިލުން އިއުލާންކޮށްފިއެވެ. ބާ ކައުންސިލަށް އެސްޖީއެއް ހޯދަން އިއްޔެ ކުރި އިއުލާނުގައި ވަނީ، އެ މަގާމު އުޖޫރައަކީ މަހަކު 40,500 ރުފިޔާ ކަމަށެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ދޭ 20,500 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި ދޭ 14,000 ރުފިޔާއާއި ސާވިސް އެލަވަންސްގެ ގޮތުގައި ދޭ 5,000 ރުފިޔާގެ އިތުރުން ފޯން އެލަވަންސްގެ ގޮތުގައި ދޭ 1,000 ރުފިޔާއެވެ. އެ އިއުލާނުގައިވާ ގޮތުން ބާ ކައުންސިލުގެ އެސްޖީގެ މަގާމަށް މީހަކު އައްޔަންކުރަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެހެން ނަމަވެސް، މަސައްކަތުގެ ފެންވަރަށް ބަލައި، އެސްޖީއަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރެވޭނެ ކަމަށް އިއުލާނުގައިވެއެވެ. އެ މަގާމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. ބާ ކައުންސިލުން ވަނީ، ޝަރުތުތައް ފުރިހަމަވާ މީހުން މި މަހުގެ 25 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބާ ކައުންސިލަށް އީމެއިލް ކުުރުމަށް އެދިފައެވެ ބާ ކައުންސިލުގެ އެސްޖީގެ މަގާމުގައި މި ވަގުތު ހުންނެވީ މުޙައްމަދު ނިޝާތެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ