ކަންކަން ނުކުރެވި ހުއްޓައި ކުރެވޭކަން ދެއްކުމަށްޓަކައި މި ސަރުކާރުން ކުރަނީ ވެރިކަން އޮފުދާރު ކުރުމުގެ މަސައްކަތް ނަމަވެސް ކުޑަތަންކޮޅެއް ކަހައިލިޔަސް ފެންނާނީ ނަޖިސް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ޕީއެންއެފް ގައުމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރައްޔިތުންނަށްޓަކައި ހެޔޮ ވެރިކަމެއް ކޮށްދޭނަމަ ރައްޔިތުން ކުރާނެ ޝަކުވާއެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް މި ވެރިކަމުގައި ކަންކަން ވަނީ އެހެން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޑިމޮކްރެސީގައި މި ބުނާ ގޮތަށް ރައްޔިތުންނަށް، ޕީޕަލް ސެންޓާޑް، ޕީޕަލް ސެންޓްރިކް ކަންތައްތަކެއް ކޮށްފި ކަމަށްވަންޏާ ޕާފޯމެންސް އަންނާނީ އޭ ރިޕޯޓަކާ އެކީ، އެކަމު މިއަދު ކިހިނެއްތޯ؟ މިއަދު ކޯއްޗެއްތޯ ޕާފޯމެންސްއަށް މި ފެންނަނީ؟ މިއަދު ޕާފޯމެންސްއަށް މި ފެންނަނީ ނުކުރެވި ހުންނަ ކަންތައްތައް ހުއްޓައި ކަންކަން ކުރެވޭ ކަމަށް ވާހަކަދައްކާފައި އޮފުދާރު ކުރާތަން މި ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.
"ހަގީގަތުގައި ވެސް އޮފުދާރު، ޕޮލިޝް މި ކުރަނީ، އެކަމަކު ހަމަ ސްކްރެޗު ކޮށްލާ، ބައި ސެންޓިމީޓަރާ ހަމައަށް ދާއިރަށް ހަމަ އެ ފެންނަނީ ނަޖިސް."
ޔާމީން ވިދާޅުވީ އެތައް ސަތޭކަ ސިޔާސީ މުވައްޒަފުންނަކަށް މުސާރަ ދީފައި ސަރުކާރުން ތިބެނީ ސަރުކާރުގެ ނަން އޮފުކުރަން ކަމަށެވެ. ނަމަވެސް ޕީއެންއެފްއިން ނުކުމެ ތިބީ އެކަން ހުއްޓުވުމުގެ މަސައްކަތް ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވެސް އިއުލާނު ކުރައްވައިފަ އެވެ.
    
    މި ސަރުކާރުން އުޅެނީ ނުކުރެވި ހުރި ކަންކަން ކުރާކަމަށް ދައްކައި އޮފުދާރުކުރަން: ޔާމީން މި ސަރުކާރުން އުޅެނީ ނުކުރެވި ހުރި ކަންކަން ކުރާކަމަށް ދައްކައި އޮފުދާރުކުރަން: ޔާމީން
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            