ހުޅުމާލޭ އޯސީސީ ކައިރީ ހުރި ގެސްޓްހައުސްއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ ހައްޖު ކޯޕަރޭޝަނުން ހުޅުމާލެއިން 21 މިލިއަން ރުފިޔާގެ ބިމެއް ގަނެފި ހުޅުމާލެ މަގުތަކުގެ ދުވާރުމަތީގައި ހުރި ގޮނޑިމޭޒު ނަގަން އަނެއްކާވެސް އަންގައިފި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގ

ހުޅުމާލެ 1 އަދި 2ގެ ބައެއް މަގުތައް މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި 1.1 ކިލޯ މީޓަރުގެ މަގު މަރާމާތުކޮށް ނިންމަން ހަވާލުކުރީ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާއެވެ.
މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ. އަދި ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގު އެވެ.
މި މަޝްރޫއުގެ ދަށުން، ހުޅުމާލެ 1 ގައި މިހާރު މަރާމާތުކުރަން ޖެހިފައި ހުރި ހުރިހާ މަގުތަކެއް ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓްތަކާ އިންވެގެން ހުރި މަގުތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ތާރުގަނޑު ހަލާކުވެފައި ހުރި މަގުތަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި މި މަގުތަކުގެ ތެރެއިން ވެސް ހުޅުމާލެ 1 ގައި ފިތުރޯނު މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކުގެ ތެރެއިން ތާރުގަނޑު ހަލާކުވެފައިވާ މަގުތަށް ކަމަށް އެެޗްޑީސީން ވަނީ ބުނެފައެވެ.
މީގެ ތެރޭގައި އެޕޯލޯ ޓަވަރު، ފިތުރޯން، ވަން އެވެނިއު އަދި އައިރާ ރެސިޑެންސް ހިމެނޭ ސަރަހައްދުގެ މަގުތަކާއި ވަން ސެންޓްރަލް ކުރިމަތިން އޮންނަ މަގާއި ގޯޅި އާއި ޓްރީ ޓޮޕް ޕާކް ކައިރި އާއި ދަ ގާޑެންސް ރެސިޑެންސް ކައިރި ހިމެނެއެވެ. މި މަސައްކަތް ކުރިއަށް ގެންދަން ރާވާފައި ވަނީ ހުޅުމާލެ 1 އިން ފަށައި، ހުޅުމާލެ 2 އަށް ނިންމާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ