އީސީގެ މެންބަރު ކަމުން ވަކިވާއިރު އިނާޔަތް ލިބޭ އިސްލާހު އުވާލައިފި

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެ ކޮމިޝަންގެ ގަވާއިދަށް ގެނައި ނުވަ ވަނަ އިސްލާހު ބާތިލުކޮށް އިއުލާނެއް ކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުން ވަކިވާއިރު އިނާޔަތްތަކާ އެކު ވަކިވެވޭ ގޮތަށް ހަމަޖައްސާ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެ ކޮމިޝަންގެ ގަވާއިދަށް ގެނައި ނުވަ ވަނަ އިސްލާހު ބާތިލުކޮށް އިއުލާނެއް ކޮށްފައެވެ.ކޮމިޝަނުން ގެނައި އިސްލާހު ގައި އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިވާއިރު 10 އަހަރު ހިދުމަތް ކޮށްފައިވާނަމަ އިނާޔަތްތަކާ އެކު މަގާމުން ވަކިވުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މުޅި އުމުރަށް ލިބޭ އިނާޔަތެއް އޮވެ އެވެ. މަގާމުން ވަކިވާއިރު ގަނޑުކޮށް ލިބޭ ފައިސާގެ ނިސްބަތް ކަނޑައަޅާނީ އެވަގުތަކު ލިބޭ މުސާރައާ ހިދުމަތް ކުރި ޖުމްލަ އަހަރު ގުނަކުރުމުން ވާ އަދަދެއް ކަމަށް އިސްލާހު ގައި ވެ އެވެ.ކޮމިޝަނުން ބުނީ އެ އިސްލާހު ބާތިލުކޮށްފައިވާ ކަމަށާ އެ ނިންމުން ނިންމީ ފިނޭންސް މިނިސްޓްރީން އަންގައިގެން ކަމަށެވެ. ފިނޭންސް އިން އެ ގޮތަށް އެންގީ އެއީ ކޮމިޝަނަށް އަމިއްލައަށް ކުރެވޭނެ ކަމަކަށް ނުވާތީ އެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މުސާރައާ އިނާޔަތްތަކާމެދު ގޮތް ނިންމަނީ މަޖިލީހުންނެވެ.އިލެކްޝަންސް ކޮމިޝަނުން މިފަދަ އިސްލާހެއް ގެނައުމުން އޭރު ގިނަ ބަަޔަކު ވަރަށް ބޮޑަށް ފާޑު ކިޔެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ