މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 8 ދިވެހިން ހައްޔަރުކޮށްފި

ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން 8 ދިވެހިން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުން ޚިދުމަތުން ވިދާޅުވީ، މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހުޅުމާލޭ ފޭސް އެކެއްގައި މިރޭ ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިންކަމަށެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރި 8 މީހުންގެ ތެރޭގައި ހިމެނެނީ 7 ފިރިހެނުންނާއި އެއް އަންހެނެކެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙްޤީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ