މަޖިލީހުގެ އެއްބާރުލުން ނުލިބޭއިރުވެސް މުޅި ރާއްޖޭގަ މިހާރުވެސް ރައްޔިތުންނަށް ފައިދާކުރާނެ ގިނަ މަޝްރޫޢުތަކެއް ފަށައިފިން! އައްޑޫ ބްރިޖް މަޝްރޫޢުވެސް ފަށައިފިން!: ރައީސް ޑރ. މުޢިއްޒު

މި 4 ، 5 މަސް، މިހާރު 5 މަސްވީ މި ސަރުކާރަށް މި މަހުގެ 17 އަށް. 5 މަސް ވެގެން ދިޔައިރުގަ އައްޑޫސިޓީގެ ބައެއް މަސެއްކަތްތައް އަދި ވަރަށް މުހިއްމު މަސެއްކަތްތަކެއް އެވަނީ ފެށިފަ އެކި މަރުޙަލާތަކުގަ. އެކަންކަން އެހެން އެ ކުރެވުނީ ވަރަށް ދަތި އުނދަގުލުގެ ތެރެއިން. މަޖްލީހަކުން ނުލިބޭ އެއްވެސް އެއްބާރުލުމެއް. މަޖްލީހުގެ އެއްބާރުލުމެއް ނުލިބޭ އެއްވެސް ކަމަކަށް. 
ފުރަތަމަ ކަމަކަށް ބަޖެޓް ފާސްކުރުމުގަވެސް އަޅުގަނޑުމެންނަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ހިންގުމަށް ބޭނުންވާ މަޝްރޫއުތަކަށް ބަޖެޓް ފާސްކޮށްދޭން ހުށައެޅީމަ، އަޅުގަނޑުމެން ހުށައެޅިން ޓްރާންސިޝަން މަރުހަލާގަ ހުރިހަ މަޝްރޫއުތަކެއް މި އަހަރަށް ބޭނުންވާ ކަންކަން ފާހަގަ ކޮށްފަ. ފާސްކުރީ އެބޭފުޅުން ބޭނުންވިގޮތަށް ބަދަލުކޮށްލާފަ. ހަމަ އެހެންވީ އައްޑޫސިޓީގެ ބައެއް މަޝްރޫއުތަކަށްވެސް. އެހެންނަމަވެސް، މިހާރުވެސް އަޅުގަނޑުމެން އިރާދުކުރެއްވިތީ ،މުހިއްމު ކަންތައްތަކެއް އެވަނީ ފަށާފަ. އެންމެ މުހިއްމު އެންމެ ބޮޑު އަދި ރާއްޖޭގަވެސް ހިންގާނެ އެންމެ ބޮޑު އިންފްރާސްޓްރަކްޗާރ މަޝްރޫއުކަމުގައިވާ އައްޑޫސިޓީ ބްރިޖްގެ މަސައްކަތް އެވަނީ ފަށާފަ. 
އޭގެ ކޮންމެ މިކަހަލަ ބިޔަ މަޝްރޫއެއްގަ އޮންނަ ފުރަތަމަ މަރުޙަލާ މިހާރު އެވަނީ ނިމިފަ. އެއީ އެކަމަށްޓަކާ ހަދަންޖެހޭ ސައިންޓިފިކް ޑީޓެއިން ފީޒިބިލިޓީ މަސެއްކަތް ނިމި ހުރިހާ ސާރވޭ އެއް ކޮށްނިމި، އޭގެ މަށްޗަށް ބިނާ ކޮށް ހަދަންޖެހޭ އެކްޗުއަލް ސައިންޓިފިކް އިންޖިނިއެރިންގް ޑީޓެއިލް ޑިޒައިން މަސެއްކަތް މިހާރު އެ ހިނގަނީ. މި ،މަސެއްކަތް ނިމި އިރަދުކުރެއްވިއްޔާ އީ.ޕީ.ސީ ކޮންޓްރެކަޓަކަށް އަޅުގަނޑުމެން ދާނަން. ގޮސް މި އަހަރުތެރޭ ހަމަ އައްޑޫސިޓީގަ ދެންނެވި ގޮތަށް މި ދަންނަވަނީ، މި އަހަރު ނިމުމުގެ ކުރީގަ ޢަމަލީ މަސެއްކަތް ފަށާނަން އިރާދުކުރެއްވިއްޔާ. 
ނަތީޖާ، ނަތީޖާ. ނަތީޖާ ނުން އެއްޗެއް އަޅުގަނޑަކަށް މުހިއްމެއް ނޫން. އެހެންވީމަ އަޅުގަނޑުމެންގެ 8 ކެނޑިޑޭޓުން ހޮވަންވީ. ވަގުތު ބޭކާރު ކޮށްލާނެ ކަމެއް ނެތް. ދެވަނަ ވިސްނުމެއް ސިކުނޑިއަށް ގެންނަންވީ ސަބަބެއް ނެތް މިއަކު. ކީއްކުރަންތޯ އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުން އެބޭފުޅުން ހޮވިޔަސް ވާނެ ގޮތަކީ މީ ހަމަ ޙަޤީގަތް، މީ ވިސްނާލީމަ އެނގޭނެ ކަންކަން. ސާފުކޮށް ވިސްނާލީމަ ފަހުމް ވާ ކަންކަން. އެ ޕާޓީއެއްގެ ޕާޓީ ލައިން ފޮލޯ ކުރަން ޖެހޭނީ. މުހިއްމު ކަމަކަށް ސަރުކާރުން ވޯޓަކަށް އަހާވަގުތު، ސަރުކާރުގެ މެންބަރުން ވޯޓަކަށް އަހާވަގުތު، ހުށައަޅައިގެން އަހާވަގުތު ތިބޭފުޅުންގެ ފަރާތްޕުޅުން އެހެން ބަޔަކު އެތާ ތިބިއްޔާ އެބޭފުޅުންގެ ޕާޓީން އަންގަފާނެ ތިޔަށް ވޯޓު ދޭނެ ކަމެއްނެތޭ.ދެން ކިހިނެއްތޯ ވާނީ؟ 
އެހެންވީމާ، ވަގުތުބޭކާރު ކޮށްލަން ޙަޤީގަތުގަވެސް ނަހައްދަވާ. ވަރަށް އިޚްލާސްތެރިކަމާއެކީގާ ނަތީޖާ ނެރެން ބޭނުންވާތީ ދަންނަވާ ވާހަކައެއް މިދަންނަވަނީ. އަޅުގަނޑު ބޭނުން މާލެއާ އެއްފެންވަރަކަށް އައްޑޫސިޓީ ތަރައްޤީ ކުރަން، އިރާދުކުރެއްވިއްޔާ ކޮށްދޭނަން މި 5 އަހަރު ތެރޭގަ. އަޅުގަނޑުމެންގެ 8 ކެނޑިޑޭޓުން ހޮއްވަވާދެއްވާ. 8 ކެނޑިޑޭޓުން 8 ދާއިރާއަށް ހޮއްވަވާދެއްވައިފިއްޔާ ހަމަ ޔަޤީނުންވެސް އެކަން ފަސޭހަކަމާއެކީ ކޮށްދޭނަން އިރާދުކުރެއްވީތީ މި 5 އަހަރު.
މިހާރުވެސް މިވަނީ އަޅުގަނޑުމެން މުހިއްމު މަސެއްކަތްތަކެއް، ބްރިޖް މަޝްރޫއު އެއްކަމަކަށް، އަނެއް ކަމަކަށް ފެނުގެ ނެޓްވޯކް މަޝްރޫއު އެޔޮތީ ސޮއެކޮށްފަ އިހައްދުހު ދުއިސައްތަ އައްޑިހަ ދެ މިލިއަން ރުފިޔާގެ މަޝްރޫއެއް. މުޅި އައްޑޫސިޓީގެ ހުރިހާ ރަށެއްގެ މަޝްރޫއުއެއީ. އެއީ ވަރަށް ބޮޑު މަޝްރޫއެއް ދުއިސައްތަ އައްޑިހަ ދެ މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް މި ހަވާލުކުރީ. އަނެއްކަމަކަށް އެއޮތީ ސޮއެ ކޮށްފަ 2 ދުވަސް ކުރިން ކަރަންޓް މަޝްރޫއު. އެ ކަރަންޓް އަޕްގްރޭޑީންގް މަޝްރޫއު ނިމޭއިރުގަ، އެއީ ދޮޅުއަހަރުގެ މަޝްރޫއެއް ފެނަކައިން އެ ސޮއެކުރީ. އެ މަޝްރޫއު ނިމުނީމަ އައްޑޫ ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ވެގެން އެދަނީ. އިރާދުކުރެއްވިއްޔާ ދެން 20 އަހަރު ދުވަސް ވަންދެން އެކަމާ އަޅުގަނޑުމެން ވޮރީ ކުރަން ނުޖެހޭ ފެންވަރަށް. މީ އެ 5 މަސްތެރޭގަ އަޅުގަނޑުމެންނަށް ފެށިފަ ހުރި މުހިއްމު ބައެއް ކަންތައްތައް. 
- ރައީސް ޑރ. މުޙައްމަދު މުޢިއްޒު / މާލެ ސިޓީގަ ދިރިއުޅޭ އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައޮި ދެއްކެވި ވާހަކަފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ