ޔޫއޭވީގެ އޮޕަރޭޝަން ކާމިޔާބު، ގެއްލުނު ދޯންޏާ މީހުން ހޯދައިފި

ސިފައިން ބުނީ ދޯނި ފެނިފައި ވަނީ ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައި ވަނިކޮށް ކަމަށެވެ.
ކެޔޮޅުކަމު ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މާފުށީ ޑައިވްގެ "ފަރިހި 2" ދޯނި އިންޖީނު ހުއްޓިގެން ބޭރަށް އޮޔާ ދަމަނިކޮށް ރާއްޖޭގެ 23 މޭލު ބޭރުން ދިވެހި ސިފައިންގެ ޔޫއޭވީ އިން ހޯދައިފި އެވެ. 
އިއްޔެ ހަވީރު 4:00 އިން ފެށިގެން ގުޅުން ކެނޑިފައިވާ ފަރިހި 2" ދޯނި ހޯދާފައިވަނީ މ. އަތޮޅު ބޭރުން 23 މޭލު ދުރުންނެވެ. މިއީ އާއްމުކޮށް ފަރުމަސްވެރިކަމާއި ހެޔޮޅުކަމު ނުކުމެ އުޅޭ ދޯނި ފަހަރު ނުކުންނަ ހިސާބަށް ވުރެ ބޭރެވެ. 
މި ދޯނި ގެއްލުމާއެކު ސިފައިން ވަނީ ވައިގެ މަގުންނާއި ކަނޑުގެ މަގުން ދޯނި ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. މި ދޯނި ހޯދުމަށް ދިވެހި ސިފައިންގެ އެއާކޯ އިން ބައިވެރިވެފައިވަނީ ރޭގެ ވަގުތެއްގަ އެވެ . ދިވެހި ސިފައިގެން ޑްރޯން ނ. މާފަރުން ފުރައިގެން މ. އަތޮޅަށް ދަތުރުކޮށްފައިވެ އެވެ. މިއީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް ގެނައި މި ވައިގެ އުޅަނދުތައް މިފަދަ އޮޕަރޭޝަނެއްގައި ބައިވެރި ފުރަތަމަ ފަހަރެވެ."މިރާ" އަށް އެނގިފައިވާ ގޮތުގައި ސިފައިންގެ ޑްރޯން އަށް ފާހަގަ ކުރެވުނު އުޅަނދުގެ ކައިރިއަށް ދިއުމަށްޓަކައި ކޯސްޓްގާޑް އުޅަނދު ޝަހީދު އަލީ ދަނީ ދަތުރު ކުރަމުންނެވެ. 
ސިފައިންގެ މީޑިއާ އިން ވެސް ވަނީ މި ދޯނި ފެނިފައިވާކަން ޔަގީންކޮށްދީފަ އެވެ. އަދި ދޯނި ކައިރި އަށް ސިފައިންގެ އުޅަނދެއް ދަތުރު ކުރަމުންދާކަމަށް ބުނެފައިވެ އެވެ. ސިފައިން ބުނީ ދޯނި ފެނިފައި ވަނީ ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައި ވަނިކޮށް ކަމަށެވެ. ދޯނީގައި ތިބި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ބުންޏެވެ.
މީމު އަތޮޅުން ފަރު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދާ ދޯނީގައި މާފުށި ޑައިވްގެ އޯނަރު އަދި މޫދުކުޅިވަރުގެ ވަސީލަތް އެންމެ ފުޅާކޮށް މާފުށީގައި ހިންގާ ޒުވާން ވިޔަފާރިވެރިޔާ އާސިމް މުހައްމަދުފުޅު (ސިމްބެ) ވެސް މި ދޯނީގައި ހުއްޓެވެ."ފަރިހި 2" ނަކަމަށް ކިޔާ ކުޑަ ޑައިވިން ދޯންޏަކީ ސިމްބެ ދޯންޏެކެވެ. "މިރާ" އަށް އެނގިފައިވާ ގޮތުން މި ދޯނިން މ. މަޑުއްވަރި އަށް ކެޔޮޅުކަމު ދާން ދަތުރުކޮށްފައިވަނީ ސިމްބެ އާއި މާފުށީގެ އިތުރު ފިރިހެނަކާ މާފުށީގައި މަސައްކަތް ކުރާ ކުޅުދުއްފުށީ މީހެކެވެ. މި ދޯންޏަކީ މާފުށި ޑައިވްގެ ވެރިޔާ ސިމްބެ މޫދުކުޅިވަރުތަކާއި ޑައިވިންގެ މަސައްކަތްތަކުގައި ބޭނުން ކުރާ އުޅަނދެކެވެ. ސިމްބެއަކީ ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ބޯޑު މެންބަރެކެވެ. މައުލޫމާތު އެނގޭ މީހަކު "މިރާ" އަށް ކިޔައިދިން ގޮތުގައި ސިމްބެ އާއި އެކުވެރިން މީގެ ކުރިން ވެސް މިގޮތަށް މަސްވެރިކަން ކުރަން މ. އަތޮޅަށް ދެ އެވެ. އެ ދޯންޏަކީ މިގޮތަށް މަސްވެރިކަން ކުރަން މ. އަތޮޅަށްދާއިރު ބޭނުން ކުރަން މ. މަޑުއްވަރީ ފައްތިޔާގައި ބާއްވާފަ އޮންނަ ކުޑަ ދޯންޏެކެވެ. ޓޫޓީ ކުޑަ އިންޖީނެއް އަޅާފައިވާ މި ކުޑަ ޑައިވިން ދޯންޏެކެވެ. 
ރާއްޖޭގައި މިހާތަނަށް މީހުން ހޯދުމުގެ ގިނަ އޮޕަރޭޝަންތައް ހިންގާފައިވަނީ މޯލްޑިވިއަންގެ ޑޯނިއާއިންނާއި އިންޑިއާ ސިފައިންގެ ޑޯނިއަ ބޭނުންކޮށްގެންނެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި ސިފައިން އަމިއްލައަށް މިކަން ކުރުމުގެ ކެޕޭސިޓީ ގާއިމްކޮށްދީފަ އެވެ. މިގޮތުން ތުރުކީއިން ސިފައިން ތަމްރީންކޮށް ބައިކާރުގެ ޓީބީ-2 ގެ ތިން ޑްރޯންއާއެކު ހިދުމަތް ފަށާފައިވެ އެވެ. އަދި މި މަސައްކަތް ފުޅާކޮށް އިތުރު ފަސް ޑްރޯން މި އަހަރު ރާއްޖެ ގެންނާނެ އެވެ. 
ސިފައިން ބޭނުންކުރާ ތުރުކީގެ ބައިކާރުގެ ޓީބީ-2 އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫއޭވީ) ނުވަތަ އާއްމުންގެ ނަމުންނަމަ ޑްރޯންއަކީ ދުނިޔޭގެ ވާދަވެރި ޑްރޯން ވިޔަފާރި އަށް ބަދަލު ގެނައި އުޅަނދެކެވެ. ތުރުކީގެ ބައިކާރު ޑިފެންސް ކުންފުނި 2009 ވަނަ އަހަރު އީޖާދުކުރި މި ޑްރޯން ދުނިޔޭގައި މަޝްހޫރުވެފައިވަނީ "ވަރުބަލިކަމެއް ނެތި" ގިނައިރު އުދުހުމުގެ ބުންވަރު ހުރި އުޅަނދެއްގެ ގޮތުގަ އެވެ. މި އުޅަނދު 2015 ވަނަ އަހަރުން ފެށިގެން ތުރުކީގެ އަސްކަރިއްޔާގެ ޑްރޯން ލަޝްކަރުގައި ބޭނުން ކުރަމުން ގެންދެ އެވެ. މިހާރު މި ޑްރޯންއަކީ 30 އަށްވުރެ ގިނަ ގައުމުގެ އަސްކަރިއްޔާގައި ބޭނުން ކުރާ އުޅަނދެކެވެ. މި އުޅަނދު އަސްކަރީ ބޭނުންތަކުގައި ހަމަލާ ދިނުމުގެ މިޝަންތަކުގައި ބޭނުން ކުރުމަށްވުރެ ބޮޑަށް މިހާތަނަށް ބޭނުން ކުރަމުން ގޮސްފައިވަނީ ޖާސޫސީ މިޝަންތަކުގަ އެވެ. އެކަމަކު ހަމަލާ ދިނުމުގައި މި އުޅަނދު ހަރަކާތްތެރިވެފައިވެ އެވެ.މި ޑްރޯން ދުނިޔޭގައި މަޝްހޫރު ވެގެން ގޮސްފައިވަނީ ރަޝިއާ އިން ޔޫކްރޭން އަށް ދެމުން ގެންދާ ހަމަލާތަކުގަ އެވެ. މި ޑްރޯން ބޭނުންކޮށްގެން ޔޫކްރޭން އިން ވަނީ ކާމިޔާބުކަމާއެކު ރަޝިިއާގެ ވައިގެ ވަރުގަދަ އަސްކަރިއްޔާ އަށް ނޭނގި ހަމަލާދީފަ އެވެ. ގަދަ ވަޔާއި ސްނޯ ވެހެނިކޮށް ޓާކެޓު ދެނެގަނެ ޔޫކްރޭން އިން ވަނީ ރަޝިއާގެ އަސްކަރިއްޔާ އަށް މި ޑްރޯނުން ގެއްލުންދީފަ އެވެ. ރަޝިއާގެ ޓޭންކް ފައުޖުގެ ޓޭންކްތަކާއި އެއްގަމުން ވަޔަށް ހަމަލާދޭ ވައިގެ މިސައިލް ނިޒާމު ތަކެއް ކުދިކުދި ކޮށްލާފަ އެވެ. އަދި އަސްކަރީޔާތަކުގައި ބޭނުންކުރާ އެންމެ ޒަމާނީ ހެލިކޮޕްޓަރު ކަމަށްވާ އަޕާޗޭ ހެލިކޮޕްޓަރު ތަކެއް އުދުހެނިކޮށް އޭގެ މަތިން ދަތުރުކޮށް އެ ގޮއްވާލާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ