ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް އަލުން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ކަންކަން މެދުކަނޑާލީ، ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގަ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާއާ ގުޅިގެން، އެތަނާ ޖެހިގެން ހުންނަ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިދާރީ ހުރިހާ މަސައްކަތްތަކެއް ކުރާ އިންތިހާބީ މަރުކަޒު މިހާރު ވަނީ ހުސްކޮށްފަ އެވެ.
ތަފްސީލް - އިންތިހާބީ މަރުކަޒުގައި ހުރި ހުރިހާ ތަކެއްޗެއް ސޯޝަލް ސެންޓަރަށް ބަދަލުކޮށް، އެ މަރުކަޒުގެ މަސައްކަތްތައް މިއަދު ވަނީ ފަށައިފަ އެވެ.
އީސީން ބުނީ، އިންތިހާބީ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަަކައި މިވަގުތު ވެސް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ފެށިގެން ކުރިއަށްދާ ކަމަށެވެ.
އިންތިހާބީ މަރުކަޒަށް އަލުން ވަނުމުގެ ހުއްދަ އެމްއެންޑީއެފްގެ ފަރާތުން ލިބެންދެން، އީސީގެ ހުރިހާ މަސައްކަތްތައް ދެން ކުރާނީ ސޯޝަލް ސެންޓަރުގައި ކަމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު ރޭ ވިދާޅުވި އެވެ. އަދި އިންތިހާބީ ކަންކަމާ ގުޅޭ ހުރިހާ ލިޔެކިއުންތަކާއި ހުރިހާ ސާމާނެއް ސަލާމަތްތެރިކާމާ އެކު އެ މަރުކަޒުން ނެރެފައިވާތީ، އަންނަ މަހު އޮންނަ އިންތިހާބުތަކުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ރޭ ދެއްވި އެވެ.
އަންނަަ މަހުގެ 4ގައި ލޯކަލް ކައުންސިލް އިންތިހާބާ އެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުން ވެސް އޮންނާނެ އެވެ.
ވޯޓާސް ލިސްޓުގައި ސޮއިކުރުން އަލުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ