އިންތިޚާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ ކަމަށާއި، ރައްޔިތުން އެދޭ ބަދަލުތަކާއެކު ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓްރ މިހެން ވިދާޅުވީ، އިއްޔެ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބު އަދި ރިޔާސީ އިންތިހާބު އަދި ރައްޔިތުންގެ މަޖްލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓަށް ފަހު މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށާއި އިންތިޚާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭކަމަށެވެ. އަދި އިންތިޚާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުޞަތުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވަނީ އިއްޔެގެ އިންތިހާބުތަކުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި މި އިންތިޚާބުގައި ބައިވެރިވެ ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނު ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންގެ ޓީމުތަކަށްވެސް ކުރެއްވި މަސައްކަައް މިނިސްޓަރ ވަނީ ހިތްވަރުދެއްވާފައެވެ.
އިންތިޚާބުގައި ޕީއެންސީގެ ރައީސް، ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓުލޭޑީ މެޑަމް ސާޖިދާ މުހައްމަދު ދެއްކެވި އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއަށްވެސް މިނިސްޓަރ ވަނީ ޝުކުރު އަދާކޮށްފައެވެ.
ރައްޔިތުން އެދޭ ބަދަލުތަކާއެކު ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ - ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ