އއ.ރަސްދޫގައި އިދިކޮޅު އެމްޑީޕީން ސިޔާސީ ހަރަކާތްތައް ހިންގަމުން ގެންދާ "އިންސާފުގެ މައިދާނަށް" ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯއިން ދެކޮޅު ހަދާފައިވާ ކަމަށް އެރަށުން ބުނެފިއެވެ.
އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކު ވީއެފްޕީއަށް ބުނި ގޮތުގައި ލޭންޑު ޔޫސް ޕްލޭން ނެތް ކަމަށް ބުނެ އެސަރަހައްދަށް ކަރަންޓު ދޭން ސްޓެލްކޯއިން ދެކޮޅު ހަދާފައިވަނީ އެންމެ ފަހު ވަގުތުއެވެ.
"އަޅުގަނޑުމެން، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދު ދިޔައީ ބޭނުން ކުރަމުން. އޯޕަންކޮށް ހުންނަ ތަނެއް އެއީ ޕްރޮޖެކްޓަރެއް އެކަނި ހުންނާނީ ވެސް،" އޭނާ ބުންޏެވެ. އެ މީހާ ބުނި ގޮތުގައި މީގެ ކުރިން އެސަރަހައްދަށް ކަރަންޓު ނަގަމުން ދިޔައީ ކައިރީ ހުރި ހޮޓަލަކުންނެވެ. ނަމަވެސް ހޮޓަލުން އެގޮތަށް ކަރަންޓު ބޭނުން ނުކުރެވޭނެ ކަމަށް އެނގުމުން އެސަރަހައްދަށް ކަރަންޓުލާން މަސައްކަތް ފެށިއެވެ.
އެމީހާ ބުނި ގޮތުގައި ކަރަންޓު ލާން ބޭނުންވާ ހުރިހާ ތަކެތި ހަމަކޮށް ހުށަހެޅުމުން ކަރަންޓު ދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ކުރުމަށް ބޭނުންވާ ސާމާނު ގަނެ، އެސަރަހައްދުގައި ކޯރު ކޮނެ ކޭބަލު ވެސް ވަނީ ވަޅުލާފައެވެ. "ކޯރު ކޮނެ ހުރިހާ ކަމެއް ކުރީ ސްޓެލްކޯގެ މުވައްޒަފުން ވެސް ތިބެގެން،" އެމީހާ ބުންޏެވެ. ކޯރު ކޮނެ ކޭބަލް ވަޅުލާއިރު ސްޓެކްޯގެ މުވައްޒަފުން ހަރަކާތްތެރިވަނީ---
ރަސްދޫ ކައުންސިލުގެ ރައީސް އަބްދުލް ޖަލީލު ވީއެފްޕީއަށް ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ރަސްދޫގައި އެފަދަ ތަންތަނަށް ކަރަންޓު ދީފައި ވެއެވެ. އަދި މިއީ ލޭންޑް ޔޫސް ޕްލޭނެއް ހުށަހަޅަން ޖެހުނު ފުރަތަމަ ފަހަރެވެ.
ޖަލީލު ވިދާޅުވީ އެހެން އެކަން މެދުވެރިވީ ދާދި ފަހުން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އެރަށަށް ވަޑައިގެންނެވުމުން ކައންސިލުން އެއްބާރުލުން ނުދިނުމާއި، އެރަށުން ލިބުނު ތަރުހީބު ކުޑަވުމުން ކަމަށް އިދިކޮޅު މީހުން ތުހުމަތު ކުރާ ކަމަށެވެ.
"މީގެ ކުރިން ވެސް އެކަހަލަ ތަންތަނަށް އެބަހުރި ކަރަންޓު ދީފައި. ރަށު ކައުންސިލުން ވާނީ އެބިން އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް ދީފައި. އެ ހުއްދަ އޮތުމުން ކަރަންޓު ފޯރުކޮށްދޭ މީގެ ކުރިން ވެސް،" އެމްޑީޕީ ތިން ކައުންސިލަރުން ތިބޭ ކައުންސިލުގެ ރައީސް ޖަލީލު ވިދާޅުވިއެވެ.
މިހަބަރާއި ގުޅިގެން ރަސްދޫގައި ސްޓެލްކޯއިން ހިންގާ އިންޖީނުގޭގެ މެނޭޖަރަށް ގުޅި އިރު ފޯނު ނިއްވާލާފައިވުމުގެ އިތުރުން ސްޓެލްކޯގެ މީޑިއާ އޮފިޝަލަށް ގުޅައިގެން ވެސް ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ރަސްދޫގައި އިދިކޮޅު ހަރަކާތް ހިންގާ ސަރަހައްދަށް ކަރަންޓު ދޭން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ