ކުރީގެ ވެރިން ޤައުމު ދަރުވާ ނުލިނަމަ ތަރައްޤީ ދެގުނަ އިތުރުވީސް - މެމްބަރު މުއާޒު

ކުރީގެ ވެރިން ޤައުމު ދަރުވާ ނުލިނަމަ ތަރައްޤީ ދެގުނަ އިތުރުވީސް ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒު މިހެން ވިދާޅުވީ "ދެންވެސް" ނަމުގައި މިރޭ މަތިވެރީގައި ބާއްވަމުން ގެންދަވާ ޖަލްސާގައި ވާހަކަ ދައްކަމުންނެވެ. ޖީއެމްއާރަށް ދައްކަން ޖެހުނު ފައިސާ އާއި ގުޅިގެން ވާހަކަ ދައްކަމުން މުއާޒު ވިދާޅުވީ އެ ފައިސާ ދައްކަން ނުޖެހުނު ނަމަ 150 ރަށެއްގައި ފެނާ ނަރުދަމާ ގެ ޚިދުމަތް ޤާއިމު ކުރެވިގެން ދިޔައީސް ކަމެވެ.
އެހެންނަމަވެސް ފެނާ ނަރުދަމާ އަކީ ޤާނޫނު އަސާސީން ލާޒިމް ކުރާ ހައްޤުތަކަކަށް ވާއިރު ވެސް، ފާއިތުވެ ދިޔަ ސަކާރުތަކުގައި އެކަން ނުކުރެވިފައި ހުއްޓަސް، ރައީސް ޔާމިން ވެރިކަމަށް ވަޑައިގެން އެކަން ވެސް ބަޖެޓް ތަންދިން ވަރަކުން ވަނީ ފުރިހަމަ ކޮށްދެވާއްފައި ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
ޖަލްސާ ވާހަކަ ދައްކަމުން މުއާޒު އިތުރަށް ވިދާޅުވީ ޒުވާނުންގެ އުއްމީދުތައް މަތިކޮށްދެއްވި ވެރިޔަކީ ރައީސް ޔާމިންކަމަށެވެ. ޒުވާނުންނަށްޓަކައި ޤާއިމު ކުރެވިގެން ދިޔަ ފުޓްސަލް ދަނޑުތަކާއި، ހެދިގެން ދިޔަ ބަނދަރުތަކާ، އެއަރޕޯޓް ތަކުން އެ ޒުވާނުންނަށް ހުޅުވިގެން ދިޔަ ވަޒީފާގެ ފުރުޞަތު އަކީ މީގެ ހަޤީޤަތްކަންވެސް މުއާޒުވަނީ ފާހަގަ ކުރައްވާފައެވެ.
ލޯކަލް ޓުއަރިޒަމް ތަޢާރަފްކުރީ ތިމަންނާ މެންނޭ އެމްޑީޕީން ބުނާ ބުނުމަށް ރައްދު ދެމުން މުއާޒު ވިދާޅުވީ، ލޯކަލް ޓުއަރިޒަމް ތަޢާރަފް ކުރީ އެމްޑީޕީ އަކުން ނޫން ކަމަށާއި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، ގެސްޓް ހައުސް ހިންގާ ޒުވާނުންނަށް ބެޑެތި އެތައް ލޯން ތަކެއް ދޫކޮށް ލޯކަލް ޓުއަރިޒަމަށް ފުރުޞަތު ތަނަވަސް ކޮށްދިން ކަމަށެވެ. އއ އަތޮޅަކީ އެ އަތޮޅެއްގައި އެތައް ރިސޯޓް ތަކެއް ޤާއިމުވެފައިވާ އަތޮޅަކަށް ވާއިރު އަތޮޅުގައި ޤާއިމު ކުރެވިގެން ދިޔަ ލޯކަލް ޓުއަރިޒަމް އަކީ އއ އަތޮޅަށް ވަރަށް ކާއްޞާކަމެއް ކަމަށެވެ.
މެޑަމް ފާތުމަތު އިބްރާހިމްގެ މިންނެތް މަސައްކަތްޕުޅަށް ތަޢުރީފު ކުރައްވަމުން މުއާޒު ވިދާޅުވީ، މީގެ ކުރިންވެސް މަހާ ރެހެންދިން އުޅުއްވި ކަމަށާއި ކަނޑުތައް ހުރަސްކޮށް ގަދަ އަވީގައި ރައްޔިތުން ގެ ކައިރިއަށް ވަޑައިގަންފައި، ރާއްޖޭގެ ތާރީޚުގައިވެސް ނެތް ކަމަށެވެ.
އަދި މެޑަމް ފާތުން ދަނީ ވަކި ގިންތި އަކަށް ވަކި ފަންތި އަކަށް ނުބައްލަވާ، ހުރިހާ ރައްޔިތުންގެ ވާހަކަތައް ވެސް ވަރަށް ކައިރިން އަޑު އައްސަވާ، އެކަން ކަމަށް ޙައްލު ހޯދައްވާ ދެއްވަމުން ކަމަށެވެ.
އެހެން ކަމުން މެޑަމް ފާތުމަތު އިބްރާހިމް މިވަނީ ދެން ރާއްޖޭގެ މުސްތަޤުބަލުގައި އަންނަން ތިބި މަހާ ރެހެންދިންނަށް ބެންޗް މާރކެއް އުފައްދަވާފައިކަމަށް ވެސް މުއާޒުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ