މަޑުއްވަރީ އިން ކަރަންޓު ކެނޑޭތީ ރައްޔިތުން އިހުތިޖާޖު ކުރަނީ

ރ. މަޑުއްވަރީ އިން ކަރަންޓު ކެނޑޭތީ އެރަށު ރައްޔިތުން އިހުތިޖާޖު ކުރަމުން އެބަދެއެވެ. މަޑުއްވަރީ ކައުންސިލްގެ ރައީސް އަބްދުﷲ އަހުމަދު "ސަން" އަށް ވިދާޅުވީ މަޑުއްވަރީގައި ކަރަންޓު ދޭން ބޭނުންކުރާ އިންޖީނުތަކަށް މައްސަލަ ދިމާވެ ރަށުން އިރު އިރުކޮޅާ ކަރަންޓު ކެނޑޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ކަރަންޓުގެ މައްސަލާގައި ޝުއޫރު ފާޅުކުރުމަށް ރައްޔިތުން އިންޖީނުގެ ކައިރިއަށް އެއްވެފައިވާ ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ. "އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ ރައްޔިތުން ގެންގުޅޭ ކަރަންޓު ސާމާނު ހަލާކުވާ މައްސަލާގައި ރައްޔިތުން އަޑު އުފުލަނީ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އިންޖީނުގެ ސަރަހައްދަށް ރައްޔިތުން އެއްވެފައިވާއިރު އެތަނުގައި ފުލުހުންވެސް ހަރަކާތްތެރިވަމުންދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުން އިންޖީނުގެ ސަރަހައްދަށް އެއްވެފައިވާއިރު، އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ. އެކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުގެ ބަހެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ