ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ޕީޕީއެމް އިން ވަކިވެވަޑައިގެންފިއެވެ.
އިސްތިއުފާދެއްވިކަމަށް ވިދާޅުވެ މުހައްމާ މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން ކޯޓުތަކަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ގެންނަން ނިންމަވައިފައިވާ ބަދަލުތަކަކީ އެބަދަލުތައް ގެނައުމުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ ރައްޔިތުންގެ އަޑު އުފުލުމަށް ހުރަސް އެޅިގެންދާ ކަމެއް ކަމުގައެވެ. އަދި ސަރުކާރު ހިންގާ ޕާޓީގައި ހުރެގެން އެކަން ނުކުރެވޭނެ ކަަމަށް ޤަބޫލު ކުރެވޭތީ މިއަދުން ފެށިގެން ޕީޕީއެމްގެ މެމްބަރުކަމުން ވަކިވެވަޑައިގެންފައިވާ ކަމަށާއި ޕީޕީއެމް އިން ނަން އުނިކޮށްދެއްވުމަށް ވެސް މުހައްމާގެ ސިޓީގައި ވަނީ ބަޔާން ކުރައްވާފައެވެ.
މުހައްމާ ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމް އަށް ނިސްބަތްވާ 10 މެމްބަރުންގެ ތެރޭގައެވެ. މިމެމްބަރުންގެ ތެރެއިން 6 މެމްބަރަކު ވަނީ މިހާރު ޕާޓީ ދޫކުރައްވާ ވަޑައިގެންފައެވެ.
އެމްޕީ މުހައްމަދު އަބްދުﷲ ވެސް ޕީޕީއެމް އިން ވަކިވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ