މާވަށު ދާއިރާގެ ޕީޕީއެމް ޕްރައިމަރީން އެދާއިރާގެ މިހާރުގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ނާކާމިޔާބުވެވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރުކަން ކުރައްވާ މުހައްމަދު ރަފީގު ހަސަން ޕްރައިމަރީގައި ނާކާމިޔާބީ އާއި ކުރިމަތިވެވަޑައިގެންފި އެވެ.
މީގެއިތުރުން ގަމު ދާއިރާގެ ޕީޕީއެމް ޓިކެޓު މިހާރު ވެސް އެދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޔޫސުފް އަބްދުލްޣަފޫރު (ޔޫސޭ) ކާމިޔާބުކުރައްވާފައިވާއިރު އިސްދޫ ދާއިރާގެ ޕީޕީއެމް ޓިކެޓު މިހާރު ވެސް އެދާއިރާގެ މެންބަރުކަން ކުރައްވާ އަހުމަދު ރަޝީދު ވަނީ ކަށަވަރުކުރައްވާފައެވެ.
މާވަށު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގެ ވަގުތީ ނަތީޖާއަށް ބަލާއިރު މި ދާއިރާގެ ޓިކެޓު ލިބިވަޑައިގެންފައިވަނީ އަޒުހާން ފަހުމީއަށެވެ. އޭނާއަށް 494 ވޯޓު ލިބިވަޑައިގެންނެވިއިރު އޭނާ އާއި ވާދަކުރެއްވި މުހައްމަދު އަހުމަދަށް 235 ވޯޓު ލިބިވަޑައިގެންނެވި އެވެ. ތިންވަނައަށް ދިޔަ މުހައްމަދު އަލީއަށް 171 ވޯޓު ލިބިވަޑައިގެންނެވިއިރު ހަތަރު ވަނައަށް ދިޔައީ އަބުދުލްއަޒީޒު ޖަމާލެވެ. އޭނާއަށް ލިބިވަޑައިގަތީ 70 ވޯޓެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ ނަތީޖާއަށް ބަލާއިރު އެދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ރަފީގު ހަސަނަށް ލިބިވަޑައިގެންފައިވަނީ 258 ވޯޓެވެ. މިދާއިރާގެ ޓިކެޓު ކަށަވަރުކުރެއްވި އަލީ ޝާހަށް 405 ވޯޓު ލިބިވަޑައިގެންނެވި އެވެ.
ގަމު ދާއިރާގެ ނަތީޖާއަށް ބަލާއިރު މިހާރުގެ މެންބަރު ޔޫސުފު އަބުދުލްޣަފޫރަށް 326 ވޯޓު ލިބިވަޑައިގެންނެވިއިރު އަހުމަދު ރަޝީދަށް ލިބިވަޑައިގެންނެވީ 231 ވޯޓެވެ.
އިސްދޫ ދާއިރާގެ ގޮނޑި މިހާރު ވެސް ފުރުއްވަމުން ގެންދަވާ އަހުމަދު ރަޝީދު ޕީޕީއެމް ޓިކެޓު ކަށަވަރުކުރެއްވީ 419 ވޯޓު ހޯއްދަވައިގެންނެވެ. އޭނާ އާއި ވާދަކުރެއްވި އަލީ ނަސީރަށް ލިބިވަޑައިގެންފައިވަނީ 154 ވޯޓެވެ.
އަޒީއާ ރަފީގަށް ޓިކެޓު ގެއްލުނުއިރު ޔޫސޭއާ އަހުމަދު ރަޝީދު ޓިކެޓު ދިފާއުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ