ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތީ އެންމެ ގާތް ގުޅުން - މައުމޫން

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ޒަމާނުއްސުރެ އުފެދިފައިވަނީ ދެގައުމުގެ ދޭތެރޭގައި އޮންނާނެ އެންމެ ގާތް ގުޅުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އިންޑިއާގައި ކުރިޔަށްގެންދިޔަ 15 ވަނަ ދެއްލީ ސަަސްޓެއިނަބްލް ޑިވެލޮޕްމެންޓް ސެމިނާގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިޔާގެ ބޮޑު ބަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލު ކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި އިއްޔެ މޯދީއަށް ފޮނުއްވެވި ސިޓީފުޅެއްގައިއެވެ.
އިއްޔެ ފޮނުއްވެވި ސިޓީފުޅުގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ ރައީސް ކަމުގެ މަގާމުގައި އެމަނިކުފާނު ހުންނަވައިގެން ދެ ގައުމުގެ ދޭތެރޭގައި އުފެދިފައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރައްވާ ގާތްގުޅުމެއް ގާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވައި އެކަން ކުރެއްވިފައިވާތީ އުފާ ކުރައްވާ ކަމަށެވެ.
ރާއްޖޭގެ ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން އިންޑިއާގައި ދެ ބޭފުޅުން ބައްދަލު ކުރައްވާ އެއްބަސްވެ ވަޑައިގެންނެވި ގޮތަށް ދެ ގައުމުގެ މެދުގައިވާ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ