ފުލުހުންގެ މުއައްސަސާ އިސްލާހު ނުވާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމުގެ މަސައްކަތް ލަސް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މާފުށީ ޖަލުގައި އަނިޔާކޮށް އީވާން ނަސީމް މަރާލުމަށް 15 އަހަރު މިއަދު ފުރިފުމުން އެކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީވާން ނަސީމުގެ މަރުގެ މައްސަލާގައި ރާއްޖޭގައި އޭރު އޮތް ސަރުކާރާއި ދެކޮޅަށް ގިނަ ބަޔަކު އެއްވެސް އަޑު އުފުލި ކަމަށެވެ. އަދި އެކަމުގައި ގިނަޔަބަކަށް އެތައް އަނިޔާތަކެއް ލިބިގެން ދިޔަކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އީވާން ނަސީމްގެ މަރުގެ މައްސަލައާ ގުޅިގެން ހިނގާދިޔަ ހަރަކާތްތަކަކީ ޑިމޮކްރަސީގެ ފެށުން ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންނާއި ދާދިފަހުން ބައްދަލު ކުރައްވާ ނަޝީދު ވަނީ ސަރުކާރުގެ ސްޕީޑު ލަސް ކަމަށް ވިދާޅުވެފައެވެ. އަދި ހަމައެއާއެކުގައި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ވިދާޅުވެ ފުލުހުންނަށްވެސް އެމަނިކުފާނު އަންނަނީ ބައެއް ފޯރަމްތަކުގައި ފާޑު ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ