ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކަށް ފަސޭހަކޮށް ދިނުމުގެ ގޮތުން، ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ބަދަލުގައި ސްލިޕްއެއް ހުށަހަޅާ ގޮތަށް ހަމަޖައްސައިފިއެވެ. މިސްލިޕް ނެންގެވުމަށާއި އަދި ހުށަހެޅުއްވުމަށް ކިއު ނަންބަރު ނަންގަވާކަށް ނުޖެހޭނެއެވެ.
މިސިލިޕް ފެމިލީ ކޯޓުގެ ކާވެނިކޮށްދިނުމާއި ރަޖިސްޓްރީކުރުމާއިބެހޭ ބައި (ހެންވޭރު، މޫންލައިޓް ހިނގުން / މާލެ ) އިން އަދި ކޯޓުގެ ވެބްސައިޓު http://familycourt.gov.mv އިން ގަންނަވާނެވެ. މިސްލިޕްގައި ފުރުމަށް ފަހު، ހުށަހަޅުއްވަނީ ފެމިލީ ކޯޓުގެ ކާވެނިކޮށްދިނުމާއި ރަޖިސްޓްރީކުރުމާއިބެހޭ ބައިގެ ރިސެޕްޝަންއަށެވެ.
ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ސްލިޕްއެއް ހުށަހަޅާ ގޮތަށް ފެމެލީ ކޯޓުން ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ