ނަރުދޫ ހިމެނޭ ގޮތަށް ށ. އަތޮޅުގެ ފަސް ރަށަކާއި ނ. ހޮޅުދޫ މޮނީޓަރިންއަށް

ށ. ނަރުދޫ ބޯޓެއްގެ ކައްޕި ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ހިމެނޭ ގޮތަށް ށ. އަތޮޅުގެ ފަސް ރަށަކާއި ނ. ހޮޅުދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހަފްތާއަށް އެނގިފައިވާ ގޮތުގައި ނަރުދޫން މިއަދު ޕޮޒިޓިވްވީ މާލެ ދަތުރުކުރާ ނަރުދޫ “އަމާޒު” ނަމަކަށް ކިޔާ ބޯޓުގެ ކައްޕިއަކަށް މަސައްކަތްކުރާ ދިވެއްސެކެވެ. އެ ބޯޓު މާލެއިން ފުރާފައިވަނީ މާޗް 16 ވަނަ ދުވަހުއެވެ. އަދި ނަރުދޫއަށް ދިއުމުގެ ކުރިން ބައެއް ރަށްތަކަށް ޖައްސާފައި ދިޔަކަން އެނގެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދުގެ މިހާތަނަށް މޮނީޓަރިންއަށް ގެނެސްފައިވާ ތަންތަނުގެ ތެރޭގައި ނަރުދޫ އާއި އެ އަތޮޅު ފުނަދޫ، މިލަންދޫ، ފީވަށް އަދި މަގޫދޫގެ އިތުރުން ނ. ހޮޅުދޫ ހިމެނެއެވެ.
މި ރަށްރަށަކީ ބެލެވޭ ގޮތުގައި ނަރުދޫއަށް ދިއުމުގެ މަގުމަތީގައި އަމާޒު ބޯޓު ޖެއްސި ރަށްރަށެވެ.
އެ ރަށްތަކުގެ އިތުރުން ޖޭސްމިން ޓްރޭޑް ނަމަކަށް ކިޔާ ފިހާރައަކާއި މާލޭގެ ދެ ގެއެއް ވަނީ މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ ހ. ލާކު އަދި މއ. އީސްޓާން ލެގޫންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ