މާލެއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ދެމީހުންނާއެކު މާލެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު 11 އަށް އެރީއެވެ.
މި ދެމީހުންނަކީ ރޭ ޕޮޒިޓިވްވީ ދެމީހެއްގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ.
ދެމީހުންވެސް އެކަހެރި ކުރުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ހަލުވިކަމާއެކު ދަނީ ކުރެވެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ