އައު އަހަރުގެ، އައު ޢަޒުމަކަށް ވާންވީ ”މާއްދިއްޔަތަށްވުރެ ޤައުމިއްޔަތަށް” އިސްކަން ދިނުމާއި ސިޔާސީ މަންފާއަށްޓަކައި އަނެކާ ކަތިލުމުގެ ސަޤާފަތް ދޫކޮށްލުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އައު އަހަރުގެ އުފާވެރި މުނާސަބަތުގައި، ޖުމްހޫރީޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންނަށާއި، ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅުއްވާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ތަޙުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮށް ގާސިމް ވިދާޅުވީ ޚިޔާލު ތަފާތުވި ނަމަވެސް މެޖޯރިޓީއަށް ތަބާވެ، އަރާރުންތައް ނައްތާލުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"މިފެށޭ އައު އަހަރުގެ، އައު ޢަޒުމަކަށް ވާންވީ ”މާއްދިއްޔަތަށްވުރެ ޤައުމިއްޔަތަށް” އިސްކަން ދިނުމެވެ. ސިޔާސީ މަންފާއަށްޓަކައި އަނެކާ ކަތިލުމުގެ ސަޤާފަތް ދޫކޮށްލުމެވެ. ޚިޔާލު ތަފާތުވި ނަމަވެސް މެޖޯރިޓީއަށް ތަބާވެ، އަރާރުންތައް ނައްތާލުމަށް މަސައްކަތް ކުރުމެވެ. ނޭދެވޭ އެންމެހާ ސިފަތަކުން ޤައުމު ޠާހިރުކޮށް، އުޚުއްވަތްތެރިކަމުގެ އައު ބިންގަލެއް މިތާ ޤާއިމް ކުރުމެވެ." ގާސިމް ވިދާޅުވި އެވެ.
އައު އަހަރަކީ މާތްވެގެންވާ އިސްލާމް ދީނުގެ ރިވެތި އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން އަޚްވަންތަކަމުގެ ގުޅުން ޤާއިމްކޮށް، އެއްމެން އެކުވެރިވުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމުގައި ހައްދަވާ، އެކަކު އަނެކަކަށް ވާގިވެރިވުމަށް ގާސިމް ވަނީ ގޮވާލައްވާފައެވެ.
އަދި ޤައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ ނުބަލާ ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން ޤައުމަށް ޚިދުމަތް ކުރުންމަތީ ސާބިތުވެ ތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
އާ އަހަރުގެ އަޒުމަކަށްވާންވީ މާއްދިއްޔަތަށްވުރެ ޤައުމިއްޔަތަށް އިސްކަން ދިނުން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ