ރައްޔިތުންގެ މަޖުލީހުގެ އެމްޑީޕީގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ކުޑަރަށާއި އަލިދޫ ރިޝޯޓުގެ ލީޒް އެގްރިމެންޓް ބާތިލް ނުކޮށް ކޯޓުން ބޭރުގައި އެމައްސަލަ ނިންމުމަށް ދައުލަތުގެ ފަރާތުން ކޯޓުގައި އެދެފިއެވެ.
އެދެރަށުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމާއި ގުޅިގެން ޔޮޓް ޓްއާސްއިން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައި މިއަދަށް ތާވަލް ކުރި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ޔޮޓް ޓްއާސް މޯލްޑިވްސްއިން މީރާއަށް ދައްކަންޖެހޭ ފައިސާ އަބުރާ ދެއްކުމުގެ އެއްބަސްވުމެއް ކޯޓުން ބޭރުގައި ނިންމުމަށް ދައުލަތުގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީއާ، މީރާ އާ ދެމެދު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި އެފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު ކުރެވުނު މަޝްވަރާތަކުގެ މައުލޫމާތު ޔޮޓް ޓްއާސް މޯލްޑިވްސްއާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ޝަރީއަތުގެ މަޖުލީހުގައި ދައުލަތުގެ ފަރާތުން މިގޮތަށް އެދުމުން ޝަރީއަތުންވަނީ ދައުލަތަށް 20 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
ދައުލަތުން ހުށައެޅި ނިންމުމަށް ޖަވާބުދާރީވަމުން ޔޮޓް ޓްއާސް މޯލްޑިވްސްގެ ވަކީލްވަނީ ދައުލަތުން ކޯޓަށް ހުށައެޅި ނިންމުމަށް އިންކާރުކޮށްފައެވެ. ޔޮޓް ޓްއާސްގެ ވަކީލް ވިދާޅުވީ ދައުލަތުން އެފަދަ ގޮތަކަށް ނިންމި ކަމުގައިވިނަމަވެސް މީރާ އާއި ޓޫރިޒަމް މިނިސްޓްރީއާ ޔޮޓް ޓްއާސް މޯލްޑިވްސްއާ ދެމެދު އެއްވެސް އެއްއބަސްވުމެއް ހަދާފައި ނުވާ ކަމަށެވެ. އެހެންކަމުން ދައުލަތުން އެދޭ ގޮތާ އެކުންފުނިން ދެކޮޅު ހަދާ ކަމަށެވެ.
"ދައުލަތުން އެގޮތަށް ނިންމިޔަސް އެއިން އެއްވެސް މުއްސަސާއަކާ އަޅުގަނޑުމެން ކުންފުންޏާ އެފަދަ އެއްބަސްވުމެއް ނުހަދަން. ދައުލަތުގެ ވާހަކަތަކަށް އިންކާރުކުރަން." ޔްޓް ޓްއާސްގެ ވަކީލް ވިދާޅުވިއެވެ. އަދި އޭނާ ވަނީ ޔޮޓް ޓްއާސް އިން ކޯޓުގައި ބަދަލު ހޯދުމަށް ކުރާ ދައުވާ ދެމެހެއްޓުމަށްވެސް އެދިފައެވެ.
އަލިދު އާއި ކުޑަރަށުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދައުލަތުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ