"އެންމެންގެ ރޯދަ ސޭލް" ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާ ހޮވައިފި

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ކުރިއަށް ގެންދާ "އެންމެންގެ ރޯދަ ސޭލް" ގެ ދެވަނަ ނަސީބުވެރިޔާ ހޮވައި އިނާމަކަށް ސައިކަލު ހަވާލު ކޮށްފި އެވެ.
އޭސްހާޑްވެއާ އާއި ކަލާބޭންކުން މި ޕްރޮމޯޝަން ފަށާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. މި ޕްރޮމޯޝަން ޖޫން މަހުގެ 5 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. ޕްރޮމޯޝަންގެ ދަށުން ކޮންމެ 10 ދުވަހަކުން ސައިކަލެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.
ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔަކަށް ހޮވުނީ މއ. ވަވަތި އައިޝަތު ސަމާ އެވެ. އޭނާ އަށް ސައިކަލު ހަވާލުކުރީ އިއްޔެ ހަވީރު ކަލަ ބޭންކް އޯކިޑް މަގު ފިހާރާގަ އެވެ.
ބޮޑު ޑިސްކައުންތަކަކާއެކު ފެށި މި ޕްރޮމޯޝަން ޝޯޝަލް މީޑިއާގައި ވެސް ކުރިޔަށްދެ އެވެ. ރޯދަ މަހާ ދިމާކޮށް ފެށި މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ގިނަ އިނާމުތަކެއް ދޭން ހަމަޖެހިފައިވެ އެވެ.
އެގޮތުން މެލޭސިއާ ދެކޮޅު ޓިކެޓާއި ހިލޭ ރިސޯޓް ދަތުރުގެ އިތުރުން ކޮންމެ ހަފުތާއަކު ދެ މީހަކަށް ރޯދަ ވީއްލުން ވެސް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ