ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން ހޯދަމުން ދަނީ ރ. އިނގުރައިދޫ، ބޮޑުކާށިގެ، މުޙައްމަދު ޙުސައިން (42އ) ކަމަށެވެ. މި މީހާ ހޯދަނީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
ފުލުހުން ވިދާޅުވިގޮތުގައި މުޙައްމަދު ޙުސައިން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެންނެވެ. މިކަމާއި ގުޅިގެން ކޯޓުން ފުލުހުންނަށް ކޮށްފައިވާ އަމުރުގައި ވަނީ ބަންދުގައި ބަހައްޓައިގެން 2019 ނޮވެމްބަރު 21 ވަނަ ދުވަހުގެ 10:50 އަށް ސިވިލް ކޯޓަށް އޭނާ ހާޒިރުކޮށްދިނުމަށެވެ.
ފުލުހުން ވިދާޅުވީ، މުޙައްމަދު ޙުސައިން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.
ދަރަނީގެ މައްސަލައެއްގައި ހޯދާ މީހެއްގެ މައުލޫމާތު އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ