މިސް ވޯލްޑް 2018 އަށް މެކްސިކޯގެ ރީތީގެ ރާނީ ވެނީސާ ޕޮންސް ޑީ ލިއޯން ހޮވައިފިއެވެ. އުމުރުން 26 އަހަރުގެ ވެނީސާ ގެ ބޮލުގައި ރީތީގެ ރާނީގެ ތާޖު އެޅުވީ އިންޑިއާގެ ރީތީގެ ރާނީ އަދި މިސް ވޯލްޑް 2017 މަނޫޝީ ޗިލަރ އެވެ. ވެނީސާ އަކީ 68ވަނަ މިސް ވޯލްޑެވެ.
View this post on Instagram
Miss World | 2018 THE WORLDS FIRST INTERVIEW with our Social Media Correspondent @jaykamiraz . . WE HAVE A NEW MISS WORLD !! THE 68TH MISS WORLD TITLE GOES TO: . . Vanessa Ponce de Leon from Mexico . . #missworld #mw2018 #mwo #mw2018sanya #mw2018china #missmundo .
A post shared by Miss World (@missworld) on Dec 8, 2018 at 6:38am PST
ވެނީސާ އަކީ އިންޓަރނޭޝަނަލް ބިޒްނަސް އިން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ފަހު މިހާރު މެކްސިކޯ އަށް ހިޖުރަ ކުރާ އަންހެން ކުދީންނަށް ޚާއްޞަކޮށް ޚިދްމަތް ދޭ ރީހެބް ސެންޓަރުގެ ބޯޑް އޮފް ޑައިރެކްޓަރސް ގެ ތެރޭގައި ހިމެނޭ މެންބަރެކެވެ. އަދި އޭނާ އަކީ މެކްސިކޯގެ ނެޝަނަލް ޔޫތް އިންސްޓިއުޓްގެ ސްޕީކަރު ވެސް މެއެވެ. އޭގެ އިތުރުނެ ވެނީސާ އަކީ މޮޑެލް އެއް އަދި ޓީވީ ޕްރެޒެންޓަރެކެވެ. އަދި ކޮލިފައިޑް ސްކޫބާ ޑައިވަރ އެކެވެ.
View this post on Instagram
Miss World | 2018 WE HAVE A NEW MISS WORLD !! THE 68TH MISS WORLD TITLE GOES TO: Mexico Vanessa Ponce de Leon Miss World | 2018 | FIRST RUNNER UP Thailand . . CONGRATULATIONS !! . #missworld #mw2018 #mwo #mw2018sanya #mw2018china #missmundo .
A post shared by Miss World (@missworld) on Dec 8, 2018 at 6:02am PST
ވެނީސާ އާއެކު ޓޮޕް 5 ގައި ހިމެނުނީ ޖެމެއިކާ، ބެލަރުސް، މެކްސިކޯ، ޔޫގެންޑާ، އަދި ތައިލޭންޑްގެ ރީތީގެ ރާނީންނެވެ. މިއަހަރުގެ މިސް ވޯލޑް މުބާރާތް ބާއްވާފައިވަނީ ޗައިނާގެ ސަންޔާ ގައި ހޮނިހިރު ދުވަހު ހަވީރުއެވެ.
ރީތީގެ ރާނީން ހޮވުމަށް އާއްމުންގެ ވޯޓުން ވެސް އިން ސައްތަ އެއް ނަގާފައިވެއެވެ. އާއްމުންގެ އެންމެ ގިނަ ވޯޓު ލިބުނީ ތައިލެންޑުގެ ރީތީގެ ރާނީއަށެވެ. ދެވަނަ އަށް އެންމެ ގިނަ އާއްމު ވޯޓު ލިބުނީ ރީތީގެ ރާނި އަކަށް ހޮވުނު ވެނީސާ އެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ ޔޫގެންޑާގެ ރީތީގެ ރާނީ އަށެވެ.
އާއްމުންގެ ވޯޓާ އެކު 13 ޖަޖުންގެ ޕެނަލްގައި ހިމެނުނެ 13 ފަނޑިޔާރުންގެ ވޯޓުންނެވެ. އަދި ރަނަރ-އަޕް އަކަށް ހޮވުނީ ތައިލޭންޑް ގެ ރީތީގެ ރާނީ ނިކޮލީނެ ޕިޗަޕާ ލިމްސްނޫކަން އެވެ.
'ބިއުޓީ ވިތް އަ ޕަރޕަސް' އަކީ މިސް ވޯލްޑްގެ މުހިއްމު ބައެކެވެ، ބައިވެރީންގެ ތެރެއިން އިންސާނިއްޔަތަށް ޚިދްމަތް ކުރާ ބައިވެރީން ފާހަގަ ކޮށް އެއް ބައިވެރި އަކު ހޮވައެވެ. މި އަހަރު ބިއުޓީ ވިތް އަ ޕަރޕޯސް އަށް ހޮވުނީ ނޭޕާލުގެ ރީތީގެ ރާނީ އެވެ.
މިސް ވޯލްޑް 2018: މެކްސިކޯގެ ރީތިގެ ރާނީ ވެނީސާ ޕޯންސް ޑީ ލިއޯން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ