ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ކުރީގެ މެންބަރު ރުގިއްޔާ މުހައްމަދު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން މަހިބަދޫ ދާއިރާގެ ކުރީގެ މެންބަރު ރުގިއްޔާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މީޑިއާ އޮފިޝަލް ނުދެއްވައެވެ.
އެނގިފައިވާ ގޮތުގައި ރުގިއްޔާ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފައިވަނީ މިއަދު ހެނދުނު 10:00 ގައިއެވެ.
އަދި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ރައީސް އޮފީސް ދޮށުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ބޭއްވި މުޒާހަރާ އާއި ގުޅިގެންނެވެ.
މިމަހުގެ 4 ވަނަ ދުވަހު ރައީސް އޮފީސް ދޮށަށް އެމްޑީޕީ އަންހެނުންތަކެއް އެއްވެފައި ވަނީ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބަންދުގައި ހުންނެވިއިރު ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ސިޓީއެއް ހުށަހެޅުމަށެވެ.
މަހިބަދޫ ދާއިރާގެ ކުރީގެ މެންބަރު ރުގިއްޔާ ފުލުސް އޮފީހަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ