250،000 ލިބުނު ނަސީބުވެރިޔަކީ ހަސްނާ އަހުމަދު

ނޮވެލްޓީން އިންތިޒާމުކޮށްގެން މިދިޔަ މަހުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ ބުކް ފެއާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
ދިޓީވީ ސްޓޫޑިއޯގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދެލައްކަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ލިބިފައިވަނީ ކ.މާލެ ވ.ޒިފިއަސް ހަސްނާ އަހުމަދު 21، އެވެ. ހަސްނާގެ ކޫޕަން ނަންބަރަކީ 680365 އެވެ.
ނޮވެލްޓީއިން ބުނީ 1 މާޗް އިން 14 މާޗްއަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުނު ނޮވެލްޓީ ބުކް ފެއާގައި ދޫކުރެވިފައިވާ ނަސީބު ކޫޕަންތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ހަސްނާއަށް އިނާމް ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ 30 އޭޕްރީލް ގެ ކުރިން ކަމަށެވެ.
މި އަހަރުގެ ފެއާގައި ވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ފެއާއިން ވިޔަފާރި ކުރާ ފަރާތަތަކުގެ ތެރެއިން ނަސީބުވެރި ފަރާތެއް ހޮވިއިރު، ކުރާ ކޮންމެ 20 ރުފިޔާގެ ވިޔަފާރިއަކަށް މި ގުރުއަތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިފައިވެއެވެ.
ބުކްފެއާގައި އެހެން އަހަރުތަކާއި ހިލާފަށް ނޮވެލްޓީގެ ވަޒީފާތަކަށް ވަންނަން ބޭނުންވާ މީހުންނަށް 25 ފުރުސަތު މި ފެއާގެ ތެރޭގައި ހުޅުވާލެވުނެވެ.
ނޮވެލްޓީއިން ބުނި ގޮތުގައި މި ފެއާ ބޭއްވުމުގެ މަގްސަދަކީ ކިޔެވުމުގައި ބޭނުންކުރާ އެންމެ ފަހުގެ ވަސީލަތްތަތަކާއި ފެންވަރު ރަނގަޅު ސާމާނު ފަސޭހަކަމާއިއެކު އެއް ތަނަކުން ލިބޭނެ މަގު ތަނަވަސް ކުރުމަށާއި ދިވެހިންގެ މެދުގައި ފޮތްތަކަށް އުފެދިފައި އޮންނަ ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުންނެވެ. އަދި ނޮވެލްޓީއިން ވިއްކާ ތަކެއްޗާއި ހިދުމަތްތައް ރަނގަޅު އަގެއްގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުން ހިމެނެއެވެ.
މި ބުކްފެއާއިން ކޮންމެ އެއްޗެއް ވެސް ވިއްކާފައިވަނީ 70 ޕަސަންޓު ޑިސްކައުންޓަކާއިއެކުގައިއެވެ.
މިއީ ނޮވެލްޓީއިން އިންތިޒާމު ކޮށްގެން ބޭއްވި 11 ވަނަ ބުކް ފެއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ