ޑްރަގް ކޯޓުން މައްސަލަތައް ބަލަން ފަށާނެ ދުވަހެއް މި ފެށޭ ހަފުތާގައި ކަނޑައަޅާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނެފި އެވެ.
ޑީޖޭއޭގެ މީޑިއާ ޔުނިޓުގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް ވިދާޅުވީ މައްސަލަތައް ބެލުމުގެ ކުރިން، ކަންކަމާ މެދު މަޝްވަރާކުރުމަށް ފެށޭ ހަފުތާގައި ޑްރަގް ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާއި ޑްރަގް އެޖެންސީއާ ބައްދަލުކުރާނެ ކަމަށެވެ.
"މައްސަލަތައް ބަލަން ފެށުމުގެ ކުރިން ބައެއް ކަންކަމާ މަޝްވަރާކުރެއްވުމަށް ޑްރަގް ކޯޓުން ޕްރޮސިކުއުޓާ ޖެނެރަލާއި ޑްރަގް އެޖެންސީއާ ފަނޑިޔާރުން ބައްދަލުކުރާނެ. އެއަށް ފަހު ޑްރަގް ކޯޓުގެ ފަނޑިޔާރުން ނިންމާނެ މައްސަލަތައް ބަލަން ފަށާނެ ތާރީހެއް،" ލަތީފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑްރަގް ކޯޓުން މައްސަލަތައް ބަލަން ފެށުމަށްޓަކައި އިދާރީ ގޮތުން ކުރަން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށެވެ. އަދި ޖިނާއީ ކޯޓުގައި ހުރި ޑްރަގް މައްސަލަތައް ޑްރަގް ކޯޓަށް ބަދަލުކުރަމުން އަންނަ ކަމަށް ވެސް ލަތީފާ ވިދާޅުވި އެވެ.
އަލަށް އަމަލުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުފައިވާ ގޮތުން، އެ ކޯޓުގެ މަސައްކަތްތައް މާޗް މަހުގެ ނިޔަލަށް ބަލަން ފަށައި، ފުރިހަމަ ގޮތުގައި ހިންގަން ފަށަން ޖެހޭނެ އެވެ. އަދި ޑްރަގް ކޯޓުގެ އިހްތިސާސާ ގުޅޭ މައްސަލަތައް ކަނޑައަޅާނީ ޕްރޮސެކިއުޓާ ޖެނެރަލާއި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓާ ގުޅިގެން މަޝްވަރާކޮށްގެން ކަމަށް ވެސް ގާނޫނުގައިވެ އެވެ.
ޑްރަގް ކޯޓުން މައްސަލަތައް ބަލަން ފަށާނެ ދުވަހެއް މި ހަފުތާގައި ކަނޑައަޅާނެ: އޭޑީޖޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ