ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީ އަށް މިއަދު ހަވީރު ސޮއިކުރައްވައިފި އެވެ.ޖޭޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީ އަށް ސޮއިކުރެއްވުމަށް ފަހު އަހުމަދު ރަޝީދު ވިދާޅުވީ އޭނާ އެ ފިޔަވަޅު އެޅުއްވީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމްކުރައްވާ ކަމަށް އަހުމަދު ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖޭޕީއާ ގުޅުނީ އެއްވެސް ފައިސާތަކެއް ހޯދުމަށް ނޫން ކަމަށާއި އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބުކޮށް، ދާއިރާގެ ގޮނޑި ހޯދުމަށް ނޫން ކަމަށެވެ."އަޅުގަނޑަށް ޖޭޕީގެ ފަރާތުން އެއްވެސް ފައިސާއެއް ނުވަތަ އެކަހަލަ އެއްވެސް އެހީއެއް ނުލިބޭ. އެގޮތަށް ބަޔަކު ހީކުރަންޏާ އަޅުގަނޑު ދަންނަވާނީ އަޅުގަނޑަކީ އެ ބާވަތުގެ މީހެއް ނޫނޭ،" އަހުމަދު ރަޝީދު ވިދާޅުވި އެވެ.އެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ގާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީއާ ގުޅުމަށް އަހުމަދު ރަޝީދު ކުރިން ވެސް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އޭރު އެކަން މަޑުޖައްސާލަން އެންގެވީ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގައި ހޯރަފުށީ ދާއިރާ އަށް ވާދަކުރުމަށް ޖޭޕީގެ ޓިކެޓެއް އަހުމަދު ރަޝީދަށް ލިބިވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.މި
ސަރުކާރުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް މަޖިލީހުގައި
ނެގި ވޯޓުގައި އަހުމަދު ރަޝީދު ވަނީ އެމްޑީޕީގެ ވިޕްލައިނާ ޚިލާފަށް ބައެއް
ވަޒީރުންނަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވައިފަ އެވެ.އަހުމަދު ރަޝީދު ޖޭޕީ އަށް ސޮއިކުރެއްވިއިރު އޭނާގެ ދާއިރާގެ ގޮނޑި އަށް އެހެން ބޭފުޅަކު
ގެންނަވަން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މަސައްކަތްކުރައްވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އަހުމަދުގެ ހިތްހަމަނުޖެހުން އުޅެނީ އެ ދާއިރާ އަށް
އަހުމަދު ސަލީމް (ސައްލެ) ނެރެން އެމްޑީޕީގެ އިސް ފަރާތްތަކުން މަސައްކަތް
ކުރައްވާތީ އެވެ.އަހުމަދު ރަޝީދުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހަންމަދު ރަޝީދު (މެޓްރިކްސްް މޯޑް) ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީ ދޫކުރައްވައި، ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ޖޭޕީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ