ނިލަންދޫ ދާއިރާގެ މެމްބަރު އެމްޑީޕީ އަށް ސޮއިކޮށްފި

ފ. ނިލަންދޫ ދާއިރާގެ މަޖްލިސް މެމްބަރު އަބްދުލް މުހުސިން ހަމީދު ޖޭފޯ) މިއަދު އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ޖޭފޯ އާއި އެކު އެރަށުގެ ގިނަ ބަޔަކު ވަނީ އެމްޑީީޕީ އަށް ސޮއިކޮށްފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެމަނިކުފާން ނިލަންދޫއަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެންމެ އިސްކޮށް ހުންނެވީވެސް ޖޭފޯއެވެ.
ޖޭފޯ އެމްޑީީޕީއަށް ސޮއި ކުރެއްވި ފޯމު ވަނީ ރައީސް ސޯލިހުއާއި ހަވާލު ކުރައްވާފައެެވެ.
ޖޭފޯ އެމްޑީޕީއަށް ސޮއި ކުރެއްވި އިރު މަޖްލިސްގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަނުގައިވެސް ޖޭފޯ ވަނީ ސޮއި ކުރައްވާފައެވެ.
ޖޭފޯ އެމްޑީޕީ އާއި ގުޅިވަޑައިގަތުމުން މަޖްލިސްގެ އެމްޑީޕީ މެމްބަރުންގެ އަދަދު 56 އަށް ވަނީ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ