އަންނަ އަހަރު ޚަރަދު ފޫނުބެއްދޭނެ، މަޝްރޫއެއް ނުހިންގޭނެ، ފައިސާ ޗާޕްކުރާނެ: ޔާމީން

މި ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 64.2 ބިލިއަންގެ ރެކޯޑު ބަޖެޓުގައި، އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 40 ބިލިއަން ރުފިޔާއިން ޚަރަދުތައް ފޫނުބެއްދޭނެ ކަމަށާއި، އެ އަދަދުން ބިޔަ އެއްވެސް މަޝްރޫއެއް މި ސަރުކާރަށް ނުހިންގޭނެ ކަމަށް، ކުރީގެ ރައީސް އަދި ޕީއެންއެފްގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެއެވެ. ސިލްސިލާކޮށް ޕީއެންއެފުން އެ ޕާޓީގެ އޮފީހުގައި ކޮންމެ ހަފުތާއަކު ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ބަޖެޓަށް ބަލާލުމުންވެސް މިއީ ޑެފިސިޓް ބޮޑު ބަޖެޓެއްކަން އެނގެން އެބައޮތް ކަމަށެވެ. "ލިބޭ ފައިސާއަކީ 40 ބިލިއަން، ކުރަންޖެހޭ ޚަރަދު ނުވަތަ ޖުމްލަ ބަޖެޓަކީ 64 ބިލިއަން، އެހެންވީމާ މިއީ ޑެފިސިޓް ބަޖެޓެއް،" އެމަނިކުފާނު ވިދާޅުވިއެވެ. https://sun.mv/213322 "ދެން އޮތީ ރެވެނިއު އެންޑް ގްރާންޓްސްގަ މި ދައްކާ ވާހަކަ، އަޅުގަނޑުމެންނަށް އެބަ އެނގޭ ސަރުކާރުގެ މިހާރުގެ މުސާރަތަކާ އެއްޗެހި މި އުޅެނީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ދެ ބިލިއަން، އަހަރަކު 24 ބިލިއަން، އެހެންވީމާ މުސާރަ ދީފަ ރިކަރަންޓް ޚަރަދަށް ގާތްގަނޑަކަށް 10 ވަރަކަށް ބިލިއަން އެ އޮތީ ބާކީ، ދެން ގްރާންޓަކީ ރާއްޖެއަށް ލިބޭ އެއްޗެއްނޫން،"ކުރީގެ ރައީސް އަބްދުالله ޔާމީން މިހާތަނަށް އެންމެ ރަނގަޅަށް ބައިލެޓަރަލް ގްރާންޓް ރާއްޖެއަށް ދިނީ އިންޑިއާއިން ކަމަށާއި، ނަމަވެސް މި ސަރުކާރު ހިމެނޭހެން ވޭތުވެދިޔަ ސަރުކާރުތަކުގައި އިންޑިއާއިން ނެގި ލޯނުތައް އަދިވެސް ފުރިހަމައަށް އަދާކޮށްފައި ނެތުމުން އެ ގައުމުން އެއްވެސް އެހީއެއް ލިބޭނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް، އިންޑިއާއިން 85.6 މިލިއަން ރުފިޔާގެ އެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން ބަޖެޓުގައި ލަފާކޮށްފައި އޮތް އޮތުމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވިއެވެ. https://sun.mv/213459 އިންޑިއާއިން އެހީގެ ގޮތުގައި ދޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ 85.6 މިލިއަން ރުފިޔާއަކީ ކުޑަ މިންވަރެއް ކަމަށާއި، ބަޖެޓުގައި ބޮޑު އެއްޗަކަށް އުޅެނީ ރާއްޖެއަށް އެތެރެކޮށް ބޭރުކުރާ ތަކެތިން ނަގާ ޑިއުޓީއާއި ފަތުރުވެރިކަމާއި ޓެކުހުން ލިބޭ 40 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވެ ޔާމީން ވަނީ، ސަރުކާރުން ޚަރަދުތައް ފޫބެއްދޭނެތޯ ސުވާލު އުފައްދަވައިފައެވެ. މި ސަރުކާރުން ވަޒީފާތައް އިތުރުކުރަނީ ވެލާ ބިސް އަޅާ އުސޫލުން ކަމަށް ވިދާޅުވެ، އެމަނިކުފާނު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. "އެހެންވީމާ 40 ބިލިއަނުން ދެކޮޅެއް ނުޖެއްސޭނެ، މިއަންނަ އަހަރު އަޅުގަނޑުމެންނަށް ފެންނާނެ އިތުރު ވަޒީފާ އުފައްދާ ތަން، އެހެންވީމާ 40 ބިލިއަނުގެ ތެރެއިން އެންމެ ކަމެއްވެސް ނުހިނގާނެ ކަމަށް އަޅުގަނޑު މި ދަންނަވަނީ މިހިރަ ހިސާބުތަކުން، އެންމެ ކަމެއްވެސް ނުހިނގާނެއޭ ބޮޑު މަޝްރޫއެއް،"ކުރީގެ ރައީސް އަބްދުالله ޔާމީން ޔާމީން ވިދާޅުވީ، އައްޑޫ ހިތަދޫ މީދޫ ބްރިޖާއި މި ސަރުކާރުން ދައްކާ އިތުރު ބިޔަ މަޝްރޫއުތައް ހިންގާނެ ލާރިއެއް ނެތް ކަމަށާއި، މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދާނެ އިތުރު ގޮތެއްވެސް ނެތް ކަމަށެވެ. https://sun.mv/213361 ދައުލަތަށް އާމްދަނީގެ ގޮތުގައި 40 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި އޮތް އަދަދަކީ ހަމައެކަނި ދިމާވާ އަދަދު ކަމަށް ވިދާޅުވެ، މި ސަރުކާރު ހަވާލުވި ފަހުން ރާއްޖޭގެ 125 ބިލިއަން ރުފިޔާގެ ދަރަންޏަށް 33.6 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަން ޔާމީން ފާހަގަކުރެއްވިއެވެ. "މި ޚަރަދުތައް ކުރާ ކަމަށް ވަންޏާ ޚަރަދުތައް ދެކޮޅެއް ނުޖެއްސޭނެ، އަނެއްކާވެސް ހަމަ ފައިސާ ޗާޕްކުރަން ޖެހޭނެ ރިކަރަންޓް ޚަރަދު ފޫބެއްދުމަށްޓަކައިވެސް، އެހެންވީމާ މި އަންނަ އަހަރަކީ ހަމަ ފައިސާ ޗާޕްކުރާނެ އަހަރެއް، ފައިސާ ޗާޕްނުކޮށް ދެކޮޅު ޖެއްސޭނެ އެއް ގޮތެއްވެސް ނޯންނާނެ،"ކުރީގެ ރައީސް އަބްދުالله ޔާމީން އަންނަ އަހަރު ފައިސާ ޗާޕްކުރަން ޖެހުމުން އޭގެ ނަތީޖާއަކަށް ވާނީ ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓި ޑޮލަރު ލިބުން މިހާރަށް ވުރެ ދަތިވެގެން ދިއުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ