ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕުގެ އިންތިޒާމު ކޮމެޓީގެ ޗެއާއަކަށް މެމްބަރު ނިޒާރު، ޗައިސް ޗެއާއަކަށް ފައިހަތު!

މި އަހަރު ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގެ އިންތިޒާމު ކޮމެޓީގެ މެމްބަރުން ތައާރަފްކޮށްފި އެވެ.
މި މުބާރާތުގެ ރަސްމީ މީސް މީޑިއާ މަންސަތަކުގައި މުބާރާތުގެ އިންތިޒާމު ކޮމެޓީގައި ހިމެނޭ މެމްބަރުންގެ މައުލޫމާތުތައް ވަނީ އާންމުކޮށްފައެވެ. އެގޮތުން މުބާރާތުގެ އިންތިޒާމު ކޮމެޓީގެ ޗެއާމަނަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިސްމާއީލް ނިޒާރު އެވެ. އަދި ވައިސް ޗެއާމަނަކީ ގދ އަތޮޅު ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ހުސެއިން ފައިހަތު ގުދުރަތުالله އެވެ.
މިމުބާރާތުގެ އިންތިޒާމު ކޮމެޓީގައި ޗެއާމަންއާއި ޗައިސް ޗެއާމަން ހިމޭހެން 8 މެމްބަރުން ތިއްބަވައެވެ. އެގޮތުން ދެން މި ކޮމެޓީގައި ހިމެނޭ މެމްބަރުންނަކީ:
7 ވަނަ ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ބޭއްވުމަށް ތަވާލުކޮށްފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހު 2-6 އަށެވެ. އެގޮތުން މި މުބާރާތް ކުރިޔަށްދާނީ މާލޭގައި ހުންނަ އެންމެ މަތީ ފަންތީގެ އެއް ހޮޓެލް ކަމަށްވާ ބާސެލޯސް ނަަސަންދުރާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ