ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ 20 ޑޮކްޓަރަކު ގްރެޖުއޭޓުވެއްޖެ ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ 20 ޑޮކްޓަރަކު ގްރެޖުއޭޓުވެއްޖެ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އިން ޑޮކްޓަރަކުން ކިޔަވައިގެން ގްރެޖުއޭޓުވި 20 ޑޮކްޓަރަކު އައިޖީއެމްޗުގައި ހިދުމަތް ދޭން ފަށައިފި އެވެ.
ހިދުމަތަށް ނުކުތުމުގެ އެ ޑޮކްޓަރުން ވަނީ އައިޖީއެމްއެޗުގައި އިންޓާންޝިޕެއް ފުރިހަމަކޮށްފަ އެވެ. އިންޓާންޝިޕުގައި ޑޮކްޓަރުން ވަނީ ބަލި މީހުންނާއި އެމަޖެންސީ ކޭސްތަކަށް އެޓެންޑުވެފަ އެވެ.
ގައުމީ ޔުނިވާސިޓީ އިން ޑޮކްޓާ އޮފް މެޑިސިން ޕްރޮގްރާމު ފެށީ މީގެ ހަތް އަހަރު ކުރިން 2018 ވަނަ އަހަރު މެލޭޝިޔާގެ ޔުނިވާސިޓީ ކެބަންގްސާންއާ ގުޅިގެން އެ ޔުނިވާސިޓީގެ ކަރިކިއުލަމަށެވެ.
އެ ކޯހުގައި 22 ދަރިވަރަކު ފުރަތަމަ ބައިވެރިވި އެވެ. ކޯސް ފެށިއިރު، ބައެއް ސިލަބަސްތައް ކުރިއަށް ގެންގޮސްފައި ވަނީ މެލޭޝިޔާގަ އެވެ.
އެމްއެންޔޫ އާއި މެލޭޝިޔާގެ ޔުނިވާސިޓީއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން އެ ޔުނިވާސިޓީ އިން އެމްއެންޔޫއަށް ޓެކްނިކަލް ގައިޑެންސް ދޭނެ އެވެ. އަދި ކޯހުގައި ކިޔަވައިދޭ ލެކްޗަރާއިން ތަމުރީނު ކުރުމަށް ވެސް އެހީތެރިވެދޭނެ އެވެ.
އެ ކޯހުގެ ދަރިވަރުންނަށް ބޭނުންވާ ކްލިނިކަލް ޓްރެއިނިންތައް ކުރިއަށްގެންދަނީ އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ