މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓު ޝެޑިއުލަށް ބަދަލު އައިސްދާނެ

މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ޝެޑިއުލަށް ބަދަލު އައިސްދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނެފައި ވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުމަށް ބަލައި ފްލައިޓުތަކުގެ ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ. ވިޒިބިލިޓީ ދަށްވާ ހާލަތުގައި މޫސުން ރަނގަޅު ހިސާބެއްގައި ފްލައިޓް ހިފަހައްޓާނެ ކަމަށާއި މާގިނައިރު މަތީގައިވާނަމަ ކައިރީގައި އޮންނަ އެހެން ޑޮމެސްޓިކް އެއާޕޯޓަކަށް ފްލައިޓު ޖައްސާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
ނަމަވެސް އެއްވެސް ފްލައިޓެއް ކެންސަލްވުމަކީ ނާދިރު ކަމެއް ކަމުގައި އެމްއޭސީއެލް އިން ބުނެފައިވެއެވެ.
އެމްއޭސީއެލް އިން ވަނީ ފްލައިޓު ގަޑިއަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް އެދިފައެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައާއި ބޭ އޮފް ބެންގޯލްގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖެ ހިމެނޭ ސަރަޙައްދުގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހާއްސަކޮށް، މީގެކުރިން ވައި ޖެހޭ ވަރަށް ވުރެ ބާރު މިނުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވައި ޖެހެމުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފައިވާ ގޮތުގައި ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.
ރާއްޖޭގެ މޫސުން ކުރިއަށް އޮތް 3 ދުވަހުވެސް ވަރަށް ބޮޑަށް ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ހާމަކޮށްފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ