ތަފާތެއް | ހަރަދުން ތިން ބިލިއަން ކުޑަ، އެސްޑީއެފް ފަންޑުގެ ޖަމާ އިތުރު

މި އަހަރުގެ މިހާތަނަށް ލޯނުތަކަށް ދެއްކި އަދަދު މިދިޔަ އަހަރަށްވުރެ އިތުރު ކަމަށް ދައްކަ އެވެ. އަދި ކައުންސިލްތަކަށް ދޫކުރި ފައިސާ ވަނީ އިތުރުވެފަ އެވެ.
މި އަހަރުގެ ބަޖެޓުން މިހާތަނަށް ތިން ބިލިއަން ރުފިޔާ ހަރަދު ކުޑަކޮށް، ސޮވްރިން ފަންޑު (އެސްޑީއެފް) ފަހަަށް ރައްކާ ކުރާ ފަންޑުގެ ޖަމާ އިތުރުކޮށްފައިވާ ކަމަށް ދައްކައިފި އެވެ. 
މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ހަރަދާއި އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ބަޖެޓުގެ ހަރަދު ހުރީ 11 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ހަރަދުތައް ވަނީ 14 ބިލިއަން އަށްވުރެ މަތީގަ އެވެ. އެހެންވެ މި އަހަރުގެ މިހާތަނަށް ތިން ބިލިއަން ރުފިޔާ ސަލާމަތް ކޮށްފައިވާ ކަމަށް ދައްކަ އެވެ. 
މިހާރު ސަރުކާރުގެ ހަރަދާއި އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި ލޯނުތަކަށް 873.3 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ލޯނު ހަރަދު ހުރީ 801.6 މިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 73 މިލިއަން ރުފިޔާ ލޯނަށް ދެއްކި އަދަދު އިތުރުވުމެކެވެ. 
މި އަހަރުގެ މިހާތަނަށް ފަހަށް ރައްކާ ކުރާ ފަންޑު ނުވަތަ ސޮވްރިން ފަންޑަށް މި މުއްދަތުގައި 298.9 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ޖަމާކުރި 287.6 މިލިއަން ރުފިޔާގަ އެވެ. މި އަހަރު އެސްޑީއެފްގެ ޖަމާވަނީ 77 މިލިއަން ރުފިޔާ ނުވަތަ 96 ޕަސެންޓުގެ އިތުރުވުމެކެވެ.ޑޮލަރުން އާމްދަނީ ޖަމާ ކުރަމުންދާ ސޮވްރިން ފަންޑަށް މިހާތަނަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ 33 މިލިއަން ޑޮލަރަށްވުރެ އިތުރުވެފަ އެވެ. 
މިހާތަނަށް ކައުންސިލްތަކަށް ބްލިކް ގްރާންޓުގެ ގޮތުގައި ދިން އަދަދުވެސް މިދިޔަ އަހަރަށްވުރެ އިތުރެވެ. މިދިޔަ އަހަރު 460.7 މިލިއަން ރުފިޔާ ކައުންސިލްތަކަށް މި މުއްދަތާ ހަމައަށް ދީފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ދިން އަދަދު 562.6 މިލިއަން ރުފިޔާއަށް އަރަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ