ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު: މުސްލިމުން ދުވަސް ފަށަން އޮތީ ކޮން ނަމާދަކުން؟

ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު: މުސްލިމުން ދުވަސް ފަށަން އޮތީ ކޮން ނަމާދަކުން؟ 
އެހީ: މުސްލިމުން ދުވަސް ފަށަން އޮތީ ފަތިސްނަމާދުންނެވެ. މޮޅު އިތުރުވެގެންވަނީ ފަތިސްނަމާދުގެ އިހުސުންނަތްވެސް ކޮށް ފަތިސްނަމާދުން ދުވަސް ފެށުމެވެ. 
ފަތިސްނަމާދަކީ ފަރުޟް ނަމާދެކެވެ. ވީމާ ނުކޮށް ދޫކޮށެއް ނުލެވޭނެއެވެ. ކުރުން މަޖުބޫރުވާނެއެވެ. ފަތިސް ނަމާދުން ދުވަސް ފެށުމަކީ އެދުވަހު ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާ ކަމެކެވެ. އަދި ފަތިސް ނަމާދުކުރުމަކީ އެމީހަކަށް ރައްކައުތެރިކަން ﷲ ތަޢާލާ ދެއްވަވާ ކަމެކެވެ. އެހެންކަމާއިއެކުވެސް ފަތިސްނަމާދުކުރާ މީހުން މަދުވާކަމީ ހިތާމަހުރި ކަމެކެވެ. 
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ