ދިވެހިންގެ އުފާވެރިކަން ހުރި މިންވަރު ކަނޑައަޅަނީ..!

ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ހުރި މިންވަރު ބެލުމަށް "ހެޕިނަސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ ރާއްޖެ ތަރައްގީވެ ކުރިއަރަމުން އަންނައިރު ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރައްޔިތުން އުއްމީދުކުރާ ގޮތާއި ކޮންމެ ރަށެއް މިއަދު އޮތް ހާލަތު ދެނެގަނެވޭނެ ގޮތެއް އޮންނަންޖެހޭ ކަމަށެވެ."ކޮންމެ ރަށެއްގައިވެސް އެ ރަށެއްގައި ދިރިއުޅޭ ބަޔަކުގެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވާ އެހެން ފަރާތްތައްވެސް މީގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގައިވެސް ރާއްޖޭގެ އެކި ރަށުގެ ހާލަތު، އެ ރަށެއްގެ ކަންކަން ހުރި ނެތް ގޮތް ދެނެގަނެވޭނެ ގޮތެއް ވުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ ސަރުކާރުން ނިންމާފައިވަނީ މާނަހުރި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ އުފާވެރިކަން ނުވަތަ "ހެޕިނަސް އިންޑެކްސް"ގެ ނަމުގައި ހާއްސަ މަސައްކަތެއް ފަށަން،" މިނިސްޓަރު ވިދާޅުވި އެވެ."މި މަސައްކަތަކީ، އަޅުގަނޑުމެން ރާވައިގެން މި އުޅެނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ބަޔަކާ މަޝްވަރާ ކުރެވިގެން ކޮންސަލްޓޭޓިވް ޕްރޮސެސްއެއްގެ ދަށުން ވަރަށް ބޮޑަށް ހުޅުވާލެވިފައި އަދި ގިނަ ފަރާތްތަކާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ އޮނިގަނޑެއް ނުވަތަ އިންޑެކްސްއެއްގެ ތެރެއިން ރަށްރަށުގެ ހާލަތު ރަނގަޅަށް އެނގޭނެ ގޮތަކަށް ތައްޔާރުކުރެވޭ ފްރޭމްވޯކެއްގެ ދަށުން، ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކަށް އެވޯޑު ވެސް ދެވޭ ކަހަލަ އިންތިޒާމެއްގެ ތެރެއިން މަސައްކަތް ކުރުމަށް."އާދަމް ޝަރީފް ވިދާޅުވީ "ހެޕިނެސް އިންޑެކްސް" އެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކެއްތޯ ބެލުމަށް ވެސް އާންމުންގެ ހިޔާލު ހޯދާނެ ކަމަށެވެ. މި ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ މަޝްވަރާ އާއި ލަފާ ވެސް ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ."ވޯލްޑް ހެޕިނެސް އިންޑެކްސް" އަކީ 2011 ވަނަ އަހަރު އދ. އިން ފާސްކުރި ހާއްސަ ގަރާރެއްގެ ދަށުން ގައުމުތަކުގައި އާންމުންގެ ދިރިއުޅުމުގެ ހާލަތާއި އުފާވެރިކަން މިންކުރުމަށްޓަކައި ގައުމުތަކުން އަމިއްލަ އަށް ކުރާ ސާވޭއެއްގެ އަލީގައި ކޮންމެ އަހަރަކު ވެސް ކަނޑައަޅަމުން އަންނަ އިންޑެކްސް އެކެވެ. އެ އިންޑެކްސްގައި މިދިޔަ ހަތް އަހަރު، ޖެހިޖެހިގެން ކޮންމެ އަހަރަކު ވެސް އެންމެ ކުރީގައި އޮތީ ފިންލެންޑެވެ.ދުނިޔޭގެ އެހެން ގައުމުތަކުގައި ހެޕިނެސް އިންޑެކްސް ކަނޑައެޅުމަށް ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި:ރަށްރަށުގެ ކުށް މަދުވުންދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުންރަށުގެ ސާފުތާހިރު ކަމަށްރައްޔިތުންގެ ބަދަހިކަމާއި އެކުވެރިކަންއާއިލާތަކުގައި އޮންނަ ގުޅުންތައްކުޑަކުދިންނަށާއި އިސްރަށްވެހިންނަށް ރަނގަޅު މާހައުލެއް އޮތުންޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރަނގަޅު މާހައުލެއް އޮތުންމެހެމާނުންނަށް ކަމޭހިތުންތައުލީމީ ފެންވަރު ރަނގަޅުވުންސިއްޙީ ހާލަތު ރަނގަޅުވުންއާންމުންގެ ހޭލުންތެރިކަން ހުރި މިންވަރުދީނާއި ސަގާފަތާއި ތަރިކައަށް ލޯބި ކުރުންނިކަމެތިންނަށް އަޅާލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ