ހީވާގިވެލާށެވެ! އެދުވަހަކު ބޭނުންވާ ކަންކަން ކާމިޔާބުވުމަށް އެދޭމީހާ 4 ރަކްޢަތުން ދުވަސްފަށާށެވެ!

އެމީހަކު އެދުވަހަކު ޙާޞިލްކުރަން ބޭނުންވާ ކަންކަން ކާމިޔާބުވުމަށް އެދޭމީހާ 4 ރަކްޢަތުން ދުވަސްފަށާށެވެ! ދުވާލުގެ ކުރީކޮޅުގައި 4 ރަކްޢަތް ކުރާށެވެ. އެއިރުން އެމީހާގެ ބޭނުންތައް ﷲ ތަޢާލާ ހިންމަވައިދެއްވަވާނެވެ. އިން ޝާ ﷲ  
Bismillaah:ُ Nu'aim bin Hammar رضي الله عنه relates : I heard the Messenger of Allaah صلى الله عليه وسلم say that Allaah عزوجل said: "O son of Adam! Don't be prevented [deprived] from four Rak'ahs in the first part of your day, for [if you do so] I will take care of the latter part “Son of Adam perform four Rak’at for Me in the beginning of the day; they will suffice you for the latter part of the day.” Takhreej: { Imam Abu Dawud in his Sunnan#1291, Ahmad in his Musnad 2/235 and graded as Saheeh by Ibn Hibban, Abu Taahir and others } 
މި ޙަދީޘްފުޅުގައިވާ ރަކްޢަތް ބައެއް ޢިލްމުވެރިން މާނަކުރައްވަވަނީ ފަތިސް ނަމާދުގެ އިޙުސުންނަތާއި ޟުޙާ ނަމާދުކުރުން މި 4 ރަކްޢަތުގައި ހިމެނިގެންވާ ކަމަށެވެ. އެއީ އެބޭކަލުންގެ ރަޢުޔެވެ.  
ހަމައެއާއިއެކު ފަތިސްނަމާދުގެ އިހުސުންނަތުގެ 2 ރަކްޢަތަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު 2 ރަކްޢަތެވެ. އަދި ފަތިސް ނަމާދުން ދުވަސްފެށުމަކީ އެމީހަކު އެދުވަހު ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާނެ ކަމެކެވެ. ވީމާ ދުވަސް ފަށަން ފުރަތަމަ ކުރަން އޮތް ކަމަކީ މި 4 ރަކްޢަތް ކުރުމެވެ. ހަމަ އެއާއެކު ޟުޙާނަމާދުގެ ވަޤުތުވުމުން ޟުޙާނަމާދުކުރުމަކީ ފައިދާ އިތުރުވެގެންދާނެ ކަމެކެވެ.  
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ