ސާއްބަ އެނިވާސަރީކަޕްގެ ތިންވަނަ މެޗު ރޫޚް ކާމިޔާބު ކޮށްފިއެވެ.
ކުރީގެ މޮޅު ކުޅުންތެރިއެއްކަމަށްވާ ފާއިޤު އަބުދުﷲ ގެ އިރުޝާދުގެ ދަށުން ނިކުތް ރޫޚް މި މެޗް ކާމިޔާބުކުރީ ޔުނިފޯމްއާ ބައްދަލުކޮށް 3 ލަނޑު 1 ލަނޑުންނެވެ. މިމެޗުގެ ނުވަ ވަނަ މިނެޓްގައި ރޫޚުންވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މުހައްމަދު ނަބީލެވެ. އަދި 24 ވަނަ މިނިޓްގައި އެޓީމުގެ މުހައްމަދު ޝިނާން ލަނޑެއްޖަހާ ލީޑު ފުޅާކުރިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނިފޯމްއިން ލަނޑެއްޖަހައި ފަރަޤު ކުޑަކުރިއެވެ. އެ ލަނޑު ޖަހައިދިނީ މުހައްމަދު އަލީއެވެ. ރޫޚްގެ ފަހުލަނޑުވެސް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއްދައްކައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ނަބީލެވެ.
ޔުނިފޯމްއަކީ މީގެ ކުރިން މޮޅެތި ކުޅުންތެރިންތަކެއް ނެރެ މީގެ ކުރިންވެސް ޒުވާން ކުޅުންތެރިންތަކަކާއެކު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ. ރޫޚަށް އަދި އެދެވޭ ކާމިޔާބީއެއް ސާއްބަ މުބާރާތްތަކުގައި ލިބިފައި ނެތްނަމަވެސް، އެހެން ބައެއް މުބާރާތްތަކުގެ ސެމީ ފައިނަލް ކުޅެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މި ދެޓީމުގެ ކުޅުންތެރިންގެ އެވްރެޖް އުމުރަކީ 20-22 އަހަރުކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
ސާއްބަ އެކުވެރި ކުލަބުގެ އަހަރީ ދުވަހާއި ގުޅިގެން ހދ. ހަނިމާދޫގައި ކުރިޔަށްދާ މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އަހުލީ ޖޫނިއާސް އާއި ޝީލްޑެވެ. މި މެޗަށް ނިކުންނައިރު މިދެޓީމުވެސް ފުރަތަމަ މެޗުންވަނީ ބަލިވެފައެވެ.
ސާއްބަ އެނިވާސަރީ ކަޕް 2018: ޔުނިފޯމް ބަލިކޮށް ރޫޙްގެ ފެށުން ރަނގަޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ