ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރަ 33،000ރ. އަށް ކުޑަކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ އެތައް ގުނައެއް ބޮޑުކުރަން ނިންމުމުން އާންމުންގެ ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް އެ މުސާރަ ކުޑަކުރަން ނިންމައިފި އެވެ. 
"މިހާރު"އަށް ކަށަވަރުވެފައިވާ ގޮތުގައި، ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 41،500ރ. ދިނުމަށް ޕޭ ކޮމިޝަނުން ކުރިން ނިންމި ނަމަވެސް، އެ އަދަދު މިހާރު ވަނީ 33،000ރ. އަށް ކުޑަކޮށްފަ އެވެ. 
ރަށްރަށުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންނަށް ދޭނީ ހަމަ ކުރިން ވެސް ނިންމި ގޮތަށް 21،000ރ. ގެ މުސާރައެކެވެ. 
ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރައަށް ގެނައި ބަދަލާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ. އެއީ، ބައެއް ފަންނީ ދާއިރާތަކުގައި މާސްޓާ ޑިގްރީއެއް އޮންނަ މީހަކަށް ވެސް ނުލިބޭ ވަރުގެ ބޮޑު މުސާރައެއް ކަމަށް ބުނެ އެވެ. 
The most trusted news source in the Maldives
އަންހެނުންގެ ކޮމިޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންނަށް ޖުމްލަ މުސާރަ ދެނީ އެ މީހުން ބައިވެރިވާ ބައްދަލުވުންތަކުގެ އަދަދަށް ވެސް ބަލައިގެންނެވެ. އެގޮތުގެ މަތިން އަސާސީ މުސާރާ ނުލައި، ސީޓިން އެލަވަންސްގެ ގޮތުގައި، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ދެނީ 500ރ. އެވެ. އެކަމަކު، އެންމެ ގިނަވެގެން ދެވޭނީ މަހަކު 2،000ރ. އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޕޭ ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅީ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 20،000ރ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންނަށް 15،000ރ. ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ