މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން މެންބަރަކު ވަކި ކުރައްވައިފި އެވެ.
ޕީސީބީން ބުނީ އެމްޕީއެލްގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ، އޯޝަންރީޑް ޝިޔާމް އިބްރާހިމް މިއަދު އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
މަގާމުން ވަކިކުރެއްވީ ކޮން ސަބަބާއި ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
Advertisement
މީގެ ކުރީން އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި ވަޖީހު ވެސް ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކުރައްވާފަ އެވެ. ވަޖީހަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާ އާއިލީ ގުޅުން އޮތް ބޭފުޅެކެވެ.
އެމްޕީއެލްގެ ބޯޑުން ޝިޔާމް ވަކިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ